English Edition
Dhivehi Edition

އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި “އައުޓްލުކް ޓްރެވެލާ އެވޯޑް 2017″ގެ ހަފްލާގައި އެންމެ މަގުބޫލް އައިލެންޑް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބިއްޖެ އެވެ. ބައިނަލް އަގުވާމީ ފެންވަރުގައި ހޮވާ މި އެވޯޑް ދެނީ ޓްރެވެލް އިންޑަސްޓްރީގެ 28 ބަޔަކަށް އަމާޒުކޮށް، ފަތުރުވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަން އެ ގައުމެއްގައި ކުރިއަރަމުން އަންނަ މިންގަނޑަށް ބަލައި އެންމެ ރަނގަޅު ގައުމުތަކަށެވެ. އެމްޕީއާރުސީން ބުނީ ފަތުރުވެރި ކަމުގެ ސިނާއަތުގައި އިންޑިއާއަކީ ދުނިޔޭގެ ހަތް ވަނައިގައި ހިމެނޭ ގައުމު ކަމަށާއި ފަހަކަށް އައިސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އައިސްފައިވަނީ ވެސް އިންޑިއާގެ މާކެޓްކަމަށެވެ. އެގޮތުން 2010 އަކުން 2015 އަހަރާ ހަމަޔަށް 13 މިލިއަނުން 19.4 މިލިއަނަށް 6.4 މިލިއަންގެ ކުރިއެރުމެއް ލިބިފައި ވާކަމަށް އެމްޕީއާރިސީން ވަނީ ބުނެފައެވެ. އިިންޑިއާގެ ދަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ތަންތަނުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އަންނަނީ ގިނަ އެވޯޑްތަކެއް ހާސިލްކުރަމުން އަންނައިރު މިއަހަރު ތެރޭގައި ވެސް ބައިނަލް އަގުވާމީ ފެންވަރުތަކުގެ ގިނަ އެވޯޑްތަކެއް ރާއްޖެއަށް ވަނީ ލިބިފައެވެ.