English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން މިއަހަރުގެ ކުރީކޮޅު ގެއްލުނު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒް ގެ މައްސަލަ ނުބަލާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދާ، އާންމުގެ މީހަކު ކުރި ސުވާލަކަށް ޓުވީޓާގައި ޖަވާބު ދެއްވަމުން ބުނުއްވީ ރިޔާސީ ކޮމިޝަންގެ މެންޑޭޓުގައި ޝިމާ ގެއްލުނު މައްސަލަ ނެތް ކަމަށެވެ.

މާމެންދޫ އަށް އުފަން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒް ގެއްލުނީ ލ. ފޮނަދޫ އިން މާމެންދުއަށް އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލާއި އެކު ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އިރާކޮޅުއެވެ.

މިހާދިސާގައި ޝިމާ އާއި އެކު ދަތުރުކުރި އިބްރާހިމް ފަޒީލަށް، ޝިމާގެ އާއިލާއިން ވަނީ ތުހުމަތު ތަކެއް ވެސް ކޮށްފައެވެ.

ޓެގު