English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ގެ ސަރުކާރުގެ ކުރީކޮޅުގައި އެޅި ހުރަވީ ބިލްޑިންގް އިމާރާތް ތަޅާލަން ސަރުކާރުން ނިންމަވާފައި ވާއިރު އަދިވެސް އެތަނުގައި ސަރުކާރުގެ ބައެއް އޮފީސްތައް އެބަހުރިކަމަށް ޕްލޭނިންގް މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމެންޓް ޑިޕާޓްމެންޓް (ސީއައިޑީޑީ)ގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތު ވިދާޅުވެއްޖެއެވެ.

ތޮލްހަތު ވިދާޅުވީ އެ އިމާރާތް ތަޅާލުން ލަސްވަނީ އެ އިމާރާތުގައި އަދިވެސް ސަރުކާރުގެ ބައެއް އޮފީސްތައް ހުރުމުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ އިމާރާތުގައި ހުރި އޮފީސްތައް އަދިވެސް ރިލޮކޭޓް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ހުރަވީ ބިލްޑިންގ އިމާރާތް ދުވަސްވެ ބާވެފައި ވާއިރު މީގެ ކުރިން އެ އިމާރާތުން ޝީޓުވެއްޓި މަގުމަތީގައި ޕާކު ކޮށްފައިހުރި ސައިކަލު ތަކަކަށް ވަނީ ގެއްލުން ވެފައެވެ. އެ އިމާރާތުގެ ތަންތަނުގައި ރެނދު ލުމުގެ ސަބަބުން މިނިސްޓްރީން ދަނީ އެތަންތަން މަރާމާތު ކުރަމުންނެވެ.