English Edition
Dhivehi Edition

ހުރަވީ ބިލްޑިންގް ބެލްކަނީ ޝީޓުން ބައެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު 12:42 ހާއިރު ހުރަވީ ބިލްޑިންގް އަމީރު އަހުމަދު މަގާ ވާގޮތަށް ހުރި ބެލްކަނީ ޝީޓުން ބައެއް މަގުމައްޗަށް ވެއްޓިފައިވާ ކަމަށެވެ. މިހާދިސާގައި ސައިކަލަކަށް ގެއްލުންވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ

މިހާދިސާގެ ރިޕޯޓް ފުލުހުންވަނީ މާލެ ކައުންސިލާ ހިއްސާކޮށްފައެވެ.

މީގެ ތިން އަހަރުކުރިންވެސް ހުރަވީ ބިލްޑިންގްގެ ޝީޓެއް ވެއްޓި އުމުރުން ދުވަސްވީ މީހަކަށް ވަނީ އަނިޔާވެފައެވެ.

ހުރަވީ ބިލްޑިންގް ގައި ހިނގި އޮފީސްތަށް ހުސްކޮށް އެއިމާރާތް ތަޅާލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ސަރުކާރުން ނިންމިއެވެ. އެއިރު ނިންމީ އެތަނުގައި ޕާރކެއް ހެދުމަށެވެ.އެހެންނަމަވެސް ހުރަވީ ބިލްޑިންގް ގައި ހިންގަމުންއައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް ނެތުމުން އެއިރު އެކަން ނުވީއެވެ.

މިފަހަކަށް އައިސް އިމާރާތްތަކުން މަގަށް އެއްޗިހި ވެއްޓުން މާލޭގައިވަނީ އާއްމުވެފައެވެ.