ފޭދޫ ގުރަހާގެ އަގްލީލް (ކިޑް) ދިރިއުޅޭ ގެޔަށް ފުލުހުން ވަދެ އޭނާ ހައްޔަރުކޮށްފި
2 ހަފްތާ ކުރިން
އައިޝާ މުޙައްމަދު

ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑް) ދިރިއުޅޭ ގެޔަށް ވެސް ފުލުހުން ވަދެއޭނާ ހައްޔަރުކޮށްފިއެވެ.. ރިޟްވާން ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑް) ދިރިއުޅޭ ގެޔަށް  ފުލުހުން ވަދެ ފާސްކުރަންފަށާފައިިވަނީ މީގެ އިރު ކޮޅެއް ކުރީންނެވެ. ރިޕޯޓުގައި ބުނާގޮތުން އޭނާއަކީ ރިޟްވާން ކަރުބުރިކުރަން އެރުވި ދޯންޏަށް ފައިސާ ދެއްކި މިހާއެވެ.މަންޒަރު ދުށް ފަރާތްތަކުން ހާމަ ކުރި ގޮތުގައި  އޭނާ ގެންދިޔަ ވަގުތު އެގެއިން 3 ގަނޑު ފޮށިވެސް ބޭރު ކުރި މަންޒަރު ފެނިފައި ވެއެވެ.

މިވަގުތު ދަނީ  މަރު ކޮމިޝަނުން  ބޭނުން ވެގެން އައްޑޫ އާއި މާލޭގައި ގެތައް ބަލާ ފާސް ކުރުމުގެ  އޮޕަރޭޝަނެއް ހިންގަމުން ނެވެ. މި އޮޕަރޭޝަން ގައި މިހާތަނަށް މާލޭގެ 14 ގެއެއް ބަލާ ފާސް ކުރަމުން ދާ ކަމުގެ ޚަބަރުތައް ލިބެއެވެ.

Advt

Advertisement