English Edition
Dhivehi Edition

އަވަށްޓެރި ސްރީލަންކާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ. އާރ. ޑަބްލިޔު. އާރ. އޭ. ބީ. ތޮރަޑެނިޔަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާއީ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ސްރީލަންކާގެ ސަފީރުގެ، ސަފީރުކަމުގެ ދައުރުގައި އެކިއެކި ދާއިރާއިން ރާއްޖެއާ ސްރީލަންކާއާ ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ލަންކާ ސަރުކާރުގެ ސަފީރެއްގެ ހައިޞިއްޔަތުން ރާއްޖޭގައި ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.

މިއަދު ބޭއްވެވި މި މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ސޯލިހް ވަނީ ލަންކާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވައިފަ އެވެ.