English Edition
Dhivehi Edition

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުލްﷲ ގެ މައްސަލައާއި ގުޅިގެން ރައީސް ސޯލިހް އުފައްދާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އަންގައިފި އެވެ.

އެގޮތުން ރިޔާސީ ކޮމިޝަން މަޖިލީހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު 14:00 ގައެވެ. ރިޔާސީ ކޮމިޝަން މިއަދު ޙާޒިރު ކުރަން އަންގާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީއަށް) އަށެވެ.

މިއަދު މަޝްވަރާކުރަން ހަމަޖެހިފައިވަނީ ތަޙްޤީޤުކުރާ ކޮމިޝަނުން 1 ސެޕްޓެމްބަރު 2019 ވަނަ ދުވަހު އާއްމުކުރައްވާފައިވާ މައުލޫމާތުތަކާ ގުޅޭގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓުގައިވާ ސިއްރު ހެކިވެރިންގެ އެކެއްގެ މައުލޫމާތު މިހާރުވެސް ދަނީ މީސްމީޑިޔާގައި ދައުރުވަމުން ނެވެ.

ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާގައި މަރުތަކާ ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާއި މެދު މަޝްވަރާ ކުރަން އެ ކޮމިޝަނުގެ މެމްބަރުން ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ވަނީސިއްރުކޮށްފައެވެ.

އެ ކޮމިޓީ ސިއްރު ކުރަން ނިންމާފައިވަނީ ކޮމިޓީ މެމްބަރުން އެގޮތަށް ވޯޓު ދިނުމާ ގުޅިގެންނެވެ.