ވައި.އެލް.ޕީ ގެ ބައިވެރިންނަށް މީދޫގެ ތާރީޚާ ގުޅޭ ސެޝަންއެއް ކުރިއަށްގެންގޮސްފި
2 ހަފްތާ ކުރިން
ލުބްނާ މަޖީދް މުޚުތާރް

ޔޫތްލީޑާޝިލް ޕްރޮގްރާމް (ވައި.އެލް.ޕީ) ގެ ކޭމްޕްގެ ބައިވެރިން ނަށް މީދޫގެ ތާރީޚާ ގުޅޭ ސެޝަންއެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އާއި  ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް  (ޔޫ،އެން.ޑީ.ޕީ) ގެ ފަރާތުން ޒުވާނުންނަށް ހާއްސަކޮށްގެން އައްޑޫސިޓީގައި ބާއްވާ ޔޫތްލީޑާޝިޕް ކޭމްޕްގެ ތެރެއިން ބޭއްވި ސެޝަނެކެވެ.

Advt

Advertisement

އިއްޔެ ހަވީރު ޗޭނުޖަމިއްޔާއިން ބޭއްވި ތާރީޚާއި ގުޅޭސެޝަން ކުރިއަށް ގެންގޮސްފައިވަނީ  މީދޫ ކާޑުގޭގައެވެ. މިސެޝަންގައި ކޭމްޕްގެ ބައިވެރިންނަށް މައުލޫމާތު ދެއްވީ ސ.އަތޮޅުމަދަރުސާގެ ޑިޕާޓްމެންޓް ހެޑް އަދި ޗޭނުޖަމިއްޔާގެ މެމްބަރެއް ކަމަށްވާ ހައްވާ މުޙައްމަދު ދީދީ އެވެ. އެއަށްފަހު ބައިވެރިންނަށް ވަނީ ކާޑުގޭގައި ހުރި ބައެއް އާސާރީ ތަކެތިދައްކައި އޭގެ މަައުލޫމާތު ދީފައެވެ. އެގޮތުން ދީފައިވާ މައުލޫމާތު ތަކުގެ ތެރޭގައި  މީދޫ މީހުން އިސްލާމްދީން ގަބޫލުކުރިގޮތާއި އެރަށުގައިގައި ހުރި އާސާރީބިނާ ތަކުގެ މައުލޫމާތާއި ދެވަނަ ބޮޑުހަނގުރާމަ އިގެ ރެތޭގައި މީދޫ އޮތްޙާލަތާއި ކާބަފައިންގެ ސަގާފީ ބައެއް އާދަކާދަތަކުގެ އިތުރުން މީދޫގައި ދޫދޫމަތިން ކިޔަމުން އަންނަ ބައެއް ވާހަކަ ތަކުގެ މައުލޫމާތު ހިމެނެއެވެ.. މީދޫގެ ތާރީޚް ކިޔައިދިނުމަށްފަހު ބައިވެރިން ވަނީ ކޯގަންނު ގަބުރުސްތާނަށް ޒިޔާރަތްކޮށްފައެވެ. ކޯގަންންނާއި ބެހޭ ތާރީޚީ މައުލޫމާތު ބައިވެރިންނަށް ދެއްވީ މީދޫގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އައްޝައިޚް ޢަބްދުއްﷲ ހާނީއެވެ.

މިސެޝަންތައް ކުރިއަށްގެންދިޔައީ މީދޫ އެކުވެރިންގެ ޗޭނާއި ، މުލިމަތި ޔުނައިޓެޑް އަދި ކޯގަންނު ގްރޫޕުގުޅިގެންނެވެ. ސެޝަންތައް ނިންމުމަށްފަހު ކޭމްގެ ބައިވެރިންނަށް މި ޖަމިއްޔާތަކުން ވަނީ ހަވީރު ސައި ، ރަފަޅާބީޗްގައި ހަމަޖައްސައިދެއްވާފައެވެ.

ޔޫތްލީޑާޝިޕް ޕްރޮގްރާމް 2019 ކުރިއަށްދާނީ ސެޕްޓެމްބަރ 3 އިން 7އަށް އައްޑޫސިޓީ ހުޅުމީދޫގައެވެ. މި ކޭމްޕްގައި ބައިވެރިވެފައިވަނީ އައްޑޫސިޓީގެ އެކި އަވަށްތަކުން  24 ބައިވެރިންނެވެ.