ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމިޓީގައި ކުރިން ހުންނެވި އައިޝާ ޝުޖޫން ހަމަޖެހުމާއި ގުޅިގެން ބާ ކައުންސިލުން ހުސްވެފައިވާ މަގާމަށް މީހަކު އައްޔަން ކުރުމަށް ބައި އިލެކްޝަނެއް ބާއްވަން އެ ކޮމިޝަނުން ނިންމައިފި އެވެ.
މިރޭ ބާ ކައުންސިލުން ވިދާޅުވީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވެފައިވާ މެންބަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ސެޕްޓެމްބަރ 28 ވަނަ ދުވަހު ބައި އިލެކްޝަނެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ބާ ކައުންސިލަކީ ޤާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކޮށް ބެލުމަށްޓަކައި އުފައްދާފައިވާ ކައުންސިލެކެވެ. މި ކައުންސިލަށް ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމާއި ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް އަދި ފިޔަވަޅު އަޅައި ބެލެހެއްޓުމުގެ އިތުރުން ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއެކު ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމުގެ މަސައްކަތް މި ކައުންސިލުން ކުރަން ޖެހެއެވެ.