33 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ކުރިއަށްދާ ގޮތް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފި އެވެ.
މިއަދު ހަވީރު އިސްލާމީ މަރުކަޒަށް ވަޑައިގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި މުބާރާތް ބައްލަވާލާފައި ވާއިރު ރައީސް ވަނީ މުބާރާތުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް އޮޅުންފިލުއްވައި އެވަގުތު މުބާރާތުގައި ކިޔަވަމުންދިޔަ ކުދިންގެ ކިޔެވުން އަޑުއައްސަވާލައްވައި އެކުދިންނަށް ހިއްވަރުދެއްވާފައެވެ.
ރައީސް ސޯލިހު ގެ އިތުރުން، ނައިބު ރައީސް ފައިޞަލް ނަސީމްވެސް މިއަދު މެންދުރުފަހު ވަނީ މި މުބާރާތް ހިނގަމުންދާގޮތް ބައްލަވާލައްވަން އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ.
33 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ޖުމްލަ 1273 ދަރިވަރުން ބައިވެރިވެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ދެ ތަނެއް ހަމަޖެހިފައިވާއިރު އެއީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި އިސްލާމީ މަރުކަޒުގައެވެ. މިއީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު އުފެއްދުމަށްފަހު، ބޭއްވޭ ފުރަތަމަ މުބާރާތެވެ.