English Edition
Dhivehi Edition

ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މިޔަހެލި 2019 އެއްވަނަ ޕްރޮޖެކްޓަކަށް ބްލައިންޑް ސޮސައިޓީން ހުށަހެޅި “ތާނަމެލޯ” އެޕް ހޮވިއްޖެއެވެ.

އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން 03 ދުވަހުގެ މުއްދަތައް، ހުރަވީ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ކޭމްޕް މިއަހަރު ހާއްސަކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މުޖުތަމަޢުގެތެރޭގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމަށެވެ. މި ކޭމްޕްގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު މިއަހަރުގެ ކޭމްޕްގައި ވަނަތަކަށް ދިޔަ ފަރާތްތަކަށް ކޮންމެ ޕްރޮޖެކްޓެއް ކުރިއަށްގެންދިޔުމަށް އުރީދޫއިން 3000 ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ކޭމްޕްގައި ބްލައިންޑް ސޮސައިޓީން ހުށަހެޅި “ތާނަ މެލޯ” އެޕް އެއްވަނަ އަށް ގޮސްފައިވާއިރު މި އެޕަކީ ލޯފަން މީހުންނަށް ސޯޝަލް މީޑިއާގައި ހުންނަ ލިޔުންތައް ކިޔުމަށް ޚާއްސަ އެޕެކެވެ. މިޔަހެލި ކޭމްޕްގައި 2ވަނަ ހޯދާފައިވަނީ އަޑުއިވުމުން މަޙުރޫމްވެފައިވާ ފަރާތްތައް ކެފޭތަކަށް ގޮސް ކޮފީ ބޮވޭނެ ފަހި ނިޒާމެއް ޤާއިމުކުރުމަށް ބައިވެރިން ހުށައެޅި “ސައިލެންޓް ކޮފީ” ޕްރޮޖެކްޓެވެ. . މީގެ އިތުރުންމި ކޭމްޕްގައި 3ވަނައަށް ހޮވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މޫދަށް އެރި އުޅުމަށް ފަސޭހަ ގޮތްތަކެއް ފަހިކުރުމަށް ހުށައަޅާފައިވާ “ސަޅި ކަމެއް” ޕްރޮޖެކްޓެވެ.

2016ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މިޔަހެލި ޕްރޮގްރާމްގައި އެކި ބާވަތުގެ އިނޮވޭޝަންތައް ތައްޔާރުކުރުމަށް ޒުވާނުންނަށް އަންނަނީ އެހީތެރިވަމުންނެވެ.