English Edition
Dhivehi Edition
Maldives, Male, Ministry of Islamic affairs

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަނުކޮށްފިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް މިއަދު ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރެއްވެވީ ގދ.ތިނަދޫ ކަލްމުނާ، އަލްއުސްތާޛު ޙުސައިން ޝަރީފެވެ.

ޙުސައިން ޝަރީފަކީ ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ، އޮނާރސް އާއެކު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރ ފެންވަރުގެ މަޤާމުތައް ޙުސައިން ޝަރީފް އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަ ކުރައްވައެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބުންގެ ގޮތުގައި މިހާރުވެސް ދެބޭފުޅުން ތިއްބަވާއިރު ޙުސައިން ޝަރީފް ވެގެންދާނީ މި މިނިސްޓްރީއަށް އައްޔަނުކުރެވުނު ތިންވަނަ ނައިބަށެވެ.