English Edition
Dhivehi Edition

އައްޑޫސިޓީގައި ސެލޫން ގެ ޚިދުމަތް ދެމުން އަންނަ ތާނިޔާ ސެލޫންއިން އައްޑޫގައި މަސާޖުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ. 5 މެއި އިން 11 މެއި ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ތަފާތު އެކި ވައްތަރުގެ މަސާޖް ދަސްކޮށްދޭނެ ކަމަށް ތާނިޔާ ސެލޫންގެ ސީއީއޯ ރޯޒީ ޝަރީފް ވިދާޅުވިއެވެ. “ވޯކްޝޮޕްގައި ސްވެޑިޝް މަސާޖް އާއި ބެކް މަސާޖް އަދި އޮއިލް މަސާޖުގެ އިތުރުން މާބަނޑުމީހުންނަށް ޚާއްޞަ މަސާޖް އާއި ފުޓް މަސާޖު ދަސްކޮށްދެވޭނެ. ވޯކްޝޮޕްގެ ބައިވެރިންނަށް ތިއަރީ އަދި ޕްރެކްޓިކަލް ސެޝަން ތަކެއް ކުރިއަށް ގެންދެވޭނެ” ރޯޒީ ވިދާޅުވިއެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. ނަން ނޯޓުކުރުމަށް ގުޅުއްވާނީ 9998082 އަށެވެ. ތާނިޔާ ސެލޫން އިން މީގެ ކުރިންވެސް އައްޑޫގައި މިފަދަ ގިނަ ވޯކްޝޮޕްތަކެއް ވަނީ ހިންގާފައެވެ. ދުވަސްތަކަކަށް އެ ސެލޫންގެ ޚިދުމަތް އައްޑޫގައި މެދުކެނޑުމަށްފަހު އަލުން ސެލޫންގެ ޚިދުމަތް މިހާރުވަނީ ފެށިފައި ކަމަށް ރޯޒީ ވިދާޅުވިއެވެ.