English Edition
Dhivehi Edition
ފިނޭންސް މިނިސްޓަރު އަމީރު -- ފޮޓޯ: ފިނެންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅައިފި އެވެ.

މިނިސްޓަރ އާމިރު މަޖިލިހަށް ހާޒިރު ކުރަން އެދުނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ކުރައްވާ ސުވާލަކީ މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފާއިތުވެ ދިޔަ ދުވަސްތަކުގައި ނިމިފައިވާ ޕްރޮޖެކްޓްތޯއާއި، އެޕްރޮޖެކްޓްތަކުގެ ތެރެއިން ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ސާފުކުރެއްވުމެވެ.

މިނިސްޓަރު އަމީރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅާފައި މިވަނީ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާ އެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުން 13.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެ އެވެ.

އަމީރު ހާޒިރުކުރަން އެދިފައިވާ އިރު އަންނަ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބަދުﷲ އާއި ފިނޭންސް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ހެލްތު މިނިސްޓަރު އަމީން ވެސް މަޖިލީހަށް ހާޒިރުކޮށްފައިވެއެވެ.