ފަރުނީޗަރާއި ގޭގެއަށް ބޭނުންވާ ސާމާނު ވިއްކުމުގައި ރާއްޖޭގައި އާންމުންގެ ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ރެއިންބޯ ގެ ފިހާރައެއް އައްޑޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރެއިންބޯ އެންޓަރޕްރައިސެސް އިން ބުނެފިއެވެ.
ފޭދޫ ލިންކު ރޯޑުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ މި ފިހާރައިން ރެއިންބޯ މާލެފިހާރައިން ލިބެން ހުންނަ ހުރިހާ އެއްޗެއްވެސް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
“ފޭދޫ ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ފިހާރައިގެ ގާތްގަނޑަކަށް %80 ނިމިފައި މިހާރު ހުރީ. އީދު ނިމޭއިރަށް ފިހާރަ އެއްކޮށްނިމި ހުޅުވޭވަރު ވާނެ” ރެއިންބޯގެ އައްޑޫ އޮފިޝަލަކު ވިދާޅުވިއެވެ.
ރެއިންބޯގެ އައްޑޫ ފިހާރަ ހުޅުވާއިރު އެތަނުން އިސްލާމިކް ބޭންކް އަދި މޯލްޑިވްސް ލީސިން ފައިނެންސް ގެ ސްކީމްގެ ދަށުން މުދާގަނެވޭނެ ގޮތް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރެއިންބޯ އޮންލައިން ފިހާރަ އިން މުދާ ގަންނަ ފަރާތްތަކަށް ސީދާ އައްޑޫއަށް މުދާ ގެނެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.
ރެއިންބޯގެ އޮންލައިން ސްޓޯރުން ހާއްސަ ޕްރޮމޯޝަނެއްވެސް ދާދި ފަހުންވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ތެރެއިން ގޭގެއަށް ބޭނުންވާ ފަރުނީޗަރާއި، އޮފީސް ފަރުނީޗަރާއި ކުޑަކުދިންނަށް ހާއްސަ ފަރުނީޗަރުތައް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ.
ރެއިން ބޯ އިން ފިހާރައިން ގަންނަ ފަރުނީޗަރު ގެންގޮސް ރާވައިދިނުމަށް ވެސް އިތުރަށް ޗާޖެއް ނުކުރެ އެވެ.
އައްޑޫގައި ރެއިންބޯގެ އައުޓްލެޓެއް ހުޅުވާއިރު މާލޭގައި ހުޅުވާފައިވާ 4 ފިހާރައާއި ގދ. ތިނަދޫ ފިހާރަ ހިމަނައިގެން އައްޑޫގެ ފިހާރަ ވާނީ ރެއިންބޯގެ 6 ވަނަ އައުޓްލެޓަށެވެ.