English Edition
Dhivehi Edition

ވީނުއީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބަލާ މައްސަލައެއް ނިންމާ ތަހުގީގުކުރުމަށް ފުލުހުންނަށް ފޮނުވައިފި އެވެ.

އެ ކޮމިޝަނުން ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވަނީ މާފުށީ ޖަލުގައި މީހަކު މަރުވި މައްސަލައިގައި އިޙުމާލުވާ ފަރާތްތަކަށް ދައުވާ ކުރުމަށެވެ.

“މި ކޮމިޝަން އިން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ދ.ވާނީ، ބްލޫ ހެވެން، ހުސެއިން ޒަރީރް މާފުށީ ޖަލުގައި މަރުވި މައްސަލަ ކޮމިޝަން އިން ބަލައި ނިންމުމަށް ފަހު އެ މައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވައިފި” މަރުތައް ބަލާ ކޮމިޝަނުގެ ޓުވިޓްގާއި ވެއެވެ.

މަރުތައް ބަލާ ކޮމިޝަނުން ބަލަމުންދަނީ 25 މައްސަލައެކެވެ. އެއީ 2012ގެ ފެބްރުއަރީ މަހުން ފެށިގެން މިދިޔަ އަހަރު އެމްޑީޕީ ސަރުކާރު އައުމާ ހަމައަށް ހިނގާފައިވާ ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި މީހުން ގެއްލުމުގެ މައްސަލަތަކެވެ.