ނިޝާ ފޮޓޯތަކާއި އުކާލި އެއްޗިހި ޖެހުނީ ކޮޓަރިއަށް ވަން ދުންޔާގެ ފައިގައެވެ. ޝާހިދު އާއި ދުންޔާ އެކަކު އަނެކަކަށް ބަލާލިއެވެ. ކަންތައް ގޯހުން ގޯސްވެއްޖެ ކަން އެމީހުންނަށް އެނގުނެވެ.
ޝާހިދު އަވަސް އަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައީއެވެ. ދުންޔާ ކުރިޔަށް ޖެހިލާފަ އެއްޗެތި ހޮވަންފެށިއެވެ.
އެކޮޓަރީގެ ކަބަޑުގައިވެސްހުސް ދުންޔާގެ އަންނައުނެވެ. ނިޝާ ރުޅިވެރިކަމާއެކު ހުރިހާ އެއްޗިހި ބޭރަށް އުކަމުން ދިޔައެވެ.
“ދައްތާ ތިއައީ އަދި ކުރީދުވަހު ދޮވެފައި ބޭރަށް ނުގެންދެވޭ ހެދުންތައް.. ކީއްވެ ތިޔަ އުކަނީ”
“އެހެންވެތަ މިއެއްޗިހި މިކަބަޑު ތެރޭ ހުންނަންވީ.. މަށަކީ މޮޔައެއް ކަމައްތަ ތިޔަ ހީކުރަނީ” މިހެން ބުނެލާފަ ނިޝާ އިސްއުފުލާފައި ދުންޔާ އާއި ދިމާލަށް ބަލާފައި ބަސްހުއްޓުނެވެ. އެހެންނުވާންވީ ކީއްވެތޯއެވެ. އެވަގުތު ދުންޔާ ބޭނުންކޮށްފައި އެއޮތީ ނިޝާގެ ކައިވެނީގެ ފުރަތަމަ ހަދިޔާގެ ގޮތުގައި ޝާހިދު ދެއްވި ޝޯލްވީއްޔާއެވެ.
ޖަޒްބާތުގައި އައި ރުޅީގަ ނިޝާ ދިޔަގޮތަށްގޮސް ދުންޔާގެ ކަންފަތްމަތީގައި ބާރު އެތިފަހަރެއް އަޅުވާލިއެވެ. ވިތަދުންނާއި ހައިރާންކަމާއެކު ދުންޔާއަށް ހޫރިގަނެވުނެވެ. އަދި ބިންމަށްޗަށްވެއްޓުނެވެ.
“ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ މިޝޯލްއަކީ އަހަރެން ބޭނުންނުކޮށް ބާއްވާފަ އޮންނަ ޝޯލްއެއްކަން. ކަލެއަށް މގައި އަތްލަން ކެރުނީ ކިހިނެއް ކާކުގެ ހުއްދަޔަކާއެކު ކަލޭ މީގައި އަތްލީ”
ނިޝާ، ދުންޔާގެ އަތުން ޝޯލް ޖަހާގަތެވެ.
“ކަލޭމިގެޔަށް އައީ މަގޭ ހަޔާތްބަރުބާދު ކުރަންވެގެން މިއީ މަގޭ ޝޯލް މަގޭގެ ކަލޭ ހަމަ މިހާރު މިގެއިން ނިކުމޭ” ރޮމުން ރޮމުން ނިޝާ އެތިވަރު ގޮވަމުން ދިޔައެވެ. އެވަގުތު ހޫރެމުން ހޫރެމުން ކަހަލަގޮތަކަށް އައިސް އެކޮޓަރިއަށް ވަނީ ޝާހިދުއެވެ. އެވަގުތުވެސް ޝާހިދު ހުރީ މަސްތުވެފައިކަން ވަރަށް ސާފުކޮށް އެނގެން ހުއްޓެވެ.
“ފަރީދާ ދައްތަ ދޭ ބޭބީ ގޮވައިގެން ބޭރަށް، ނިޝާގެ ސިއްހަތަށް މާރަނގަލެއްނުވާނެ ތިޔަގޮތަށް ހަޅޭއްލަވާ އަޑުގަދަ ކުރުމަކުން މިޔޯ މިހުރިހާ އެއްޗެތި މުޅިމިތަނުގަޔޯ؟”
“ތިޔަ ސުވާލު ކުރަން އެންމެ އެކަށީގެންވަނީ އަހަރެން މިޔޯމިއީ ކޮންކަމެއް؟ އަހަރެން ބަލިކަމުގެ ބަހަނާ ދައްކާފައި ކަލޭމެން ދެމީހުން ތިޔަ ކުޅުނު ކުޅިަވރު ވަރަށް ތާހިރު 9 މަސް ފަހުން އަހަރެން މިކޮޓަރިއަށް މިއައީ މިތާ އަހަރެންގެ ވަސްވެސް ނެތް.މިއީ އަހަރެން ދެކެން ބޭނުންވި ދުވަސްތަކެއްނޫން. ”
“ނިޝާ ބޭނުންވާނީ އަރާމާ އުފާ އަހަރެން ދެކޮޅެއް ނަހަދަމެއްނު. ދެން މާގަދަޔަށް ހަޅޭއްލަވާ އަޑުގަދަ ކުރީމާ ހަމަ ގެއްލުންވާނީ ނިޝާއަށް ނިޝާ ހަމަ ރީތިކޮށް ތިރީފުލޯގައި އުޅެންވީ މަށާއި ދުންޔާ މަތީ ފުލޯގައި އުޅެދާނަން ނިޝާއަށް އެއްވެސް ކަމެއް އުނިނުވާގޮތަށް” މިހެން ބުނެލާފަައި ޝާހިދު ދުންޔާ ގެނެސް އޭނާގެ ގައިގާ ބައްދާލިއެވެ. ނިޝާގެ ކުރިމަތީގައެވެ.
“ޝާހިދު ތިޔައީ އަހަރެންގެ ކޮއްކޮއޭ.. ކިހިނެއްތިހާ ހަޔާތް ކެނޑުނީ.. މިއީ މަގޭގެ އުޅޭނީވެސް މަބޭނުންތާކު ބޭނުން ކޮޓަރިއެއްގައި ބޭނުން ފުލޯއެއްގައި. މަ އެހެންކޮޓަރިއަކަށް ދާންޖެހޭ އެއްވެސް ގޮތެއްނޯންނާނެ. ތިޔައީ މަގޭ ފިރިމީހާ މިހިރަ ގޮތްކުޑަ ކުއްޖާ ޖެހޭނީ މިގެއިންދާން މިއީ މަގޭގެ” ނިޝާ ރޮމުން ރޮމުން ޝާހިދުގައިގަ އޮޅުލަމުން ވާހަކަ ދައްކަމުން ދިޔައެވެ.
ޝާހިދު ނިޝާކޮއްޕާ އޭނާ އާއި ދުރުކޮއްލިއެވެ.
“ބުނަންތަ ނިޝާ ރަނގަޅު ވާހަކައެއް. ތިޔަނިޝާ މަގޭ މަގޭ މަގޭ ތިޔަ ކިޔާ އެއްވެސް އެއްޗަކީ ނިޝާ ގެއިން އައިއިރު ގެނާ އެއްޗެއް ނޫން. ހަނދާން ހުންނާނެ ނިޝާ މިގެޔަށް ގެނައީ އެންމެ ދެހެދުން.. މިކޮޓަރިއަކީވެސް މިފުލޯއަކީ ވެސް މިޝޯލްއަކީވެސް ހަމަ އަހަރެންގެ މިލްކުވެރި އެއްޗިހި ބޭނުން މީހަކަށް ދެވިވެސް ދާނެ ބޭނުންވީމާ އަތުލެވިވެސްދާނެ މިކަމާ ނިޝާއަށް ބުނެވޭނެ އެއްޗެއް ނޯންނާނެ”
މިހެން ބުނެފަ ޝާހިދު އެޝޯލް ނިޝާގެ އަތުން އަތުލިއެވެ. އަދި ނިޝާގެ ކުރިމަތިން ދުންޔާގެ ކޮނޑުގައި އަޅުވާލިއެވެ.
“ބަލާ ކިހާރީތި ދުންޔާއާއި މާގުޅޭމީތި ނޫންތަ”
ނިޝާ މޫނުގައި ދެއަތް އެޅިއެވެ. އަދި ބާރަށް ރޯންފެށިއެވެ. ނިޝާ މަޑުމަޑުން އެކޮޓަރިން ނިކުންނަން ދިޔައެވެ.
“ހޫން ރަނގަޅު ކުއްޖެއް އަވަހަށް ގޮސް އެމިހަކަށް ދީފައި ހުރި ކޮޓަރިއެއްގައި ނިދާލާ ތިޔައީ ވިސްނުންތޫނު ރަނގަޅު ކުދިންގެ ގޮތް” ޝާހިދު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
ދުންޔާވެސް އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
“އަނހަ ލޯބިވެރިޔާ ތިޔަދަނީ ކީއްްވެ؟. ދާންވާމީހާ އެެދިޔައީއޭ”
“އަހަރެންމިދަނީ ތިރިޔަށްދާން”
“ތިރިއަށްދާންޖެހޭ މީހާގޮސް ނިމިއްޖެ..ދުންޔާ ނިދާނީ ހުންނާނީ މިކޮޓަރީގައި މަށާއެކީގައި އެހެންނޫނަސް ނިޝާއަކީ ވަރަށްވިސްނުންތޫނު ކުއްޖެއް މާދަމާ ވާއިރަށް މިކަން ހަނދާންނެތޭނެ. ” މިހެންބުނެލާފަ ޝާހިދު ގޮސް އެކޮޓަރީ ދަޮރު ލައްޕާލާފަ އެނދުގައި ދުންޔާ އާއި އެކު އިށީނެވެ.
ނިޝާ ރޮމުންރޮމުން ދިޔައީ އޭނާ ނިދާކޮޓަރިއަށެވެ. ފަރީދާ ދައްތަވެސް ބޭބީ ގޮވައިގެން އެކޮޓަރިއަށް އައެވެ. އޭރު ނިޝާ ކުޑަދޮރުގައި ބޯޖަހާލައިގެން ރޮއިނަގަނީއެވެ. އެއީ ހިތްދަތި މަންޒަރެކެވެ.
“ދަރިފުޅާ ހުއްޓާލާ ތިހެން އަދި ހިތްހަލާކު ކޮށްލާކަށް ނުވާނެ. ދިރިއުޅުމަކީ ހަނގުރާމަޔެކޭ ބުނާއަޑެއް ފަހެ ދަރިފުޅު ނާހަމުތަ؟ ހިތްވަރު ކުރޭ ކަރުނައަކީ އެމީހާގެ ބަލިފައި ތިޔައީ ވަރަށް ހިތްވަރުގަދަ ކުއްޖެއް.”
ނިޝާ އެނބުރިލާފަ ފަރީދާ ކާރިޔަށް ގޮސް ބޭބީ އުރިއެވެ. އަދި ބޭބީގެ މޫނުގައި ބޮސްދެމުން އަނެއްކާ ބާރަށް ރޯންފެށިއެވެ.
ފަރީދާ ނިޝާގެ ބުރަކަށީގައި ލޯބިން ފިރުމަންފެށިއެވެ
“ދަރިފުޅާ ކަލާންގެ ރަސްކަންފުޅަށްޓަކައި ހުއްޓާލާ. ތިޔައީ މާފިނޑިގޮތެއް..”
“ބޮޑުދައިތަޔަކަށް ނޭނގޭތަ އޭނާ ބުނިއެތި މިގެޔަކު.. އަހަރެންގެ އެއްވެސް މީހެއް .. އެއްޗެއް ނޯންނާނޭނުބުނޭތަ ”
“ބޮޑުދައިތަވެސް އަޑުއެހިން ތިޔަހުރިހާ އެއްޗެއް އެކަމަކު އެއީ ދަރިފުޅުގެ ހިތްވަރު އެލުވާލަންވީ ކަމެއްނޫން.. ދަރިފުޅު މިއަދު ވިސްނަންވީ މަންމައެއްގެ ނަޒަރުން އެއްގޮތަކަށްވެސް ޝާހިދުގެ އަންބެއްގެ ނަޒަރުންނެއްނޫން.. ދަރިންނަށްޓަކައި މައިން ޒަހަރުވެސް ބޮނީ އެދިރިއުޅުމަކީ ޒަހަރު ފަދަ ހިތި އެއްޗަކަށްވިޔަސް ލޯމަރާލާފަ ބޯނެ.. ވީއިރު ކީއްވެ ދަރިފުޅަށް މިކުޑަ ފުރާނަޔަށްޓަކައި ނުތެދުވެވެންވީ ދަރިންނަކީ ﷲ ދެމަފިރިންނަށް ދެއްވާފައިވާ އަމާނާތެއް މިދަރިފުޅަށް ތިޔަ ދެމަފިރިންގެ ލޯބި ބޭނުންވާނެ”
“ބޮޑުދައިތާ އަހަރެންނަށް މިގޭގައި ކެތެއް ނުވާނެ..މިގޭގެ ހަތަރު ފަރާތުން އަހަރެންނަށް އަޑުއިވެނީ ދެޔޯތަކެއްގެ އަޑު މަލާމާތާއި ފުރައްސާރާއިގެ އަޑު ގަދައަޑުން ދުންޔާ ހޭއަޑު އެއާއިއެކު ޝާހިދުގެ ބަސްތަކުން އަހަރެންގެ ހިތްވަނީ ކަތިލެވިފަ.. މިފަޒާއިން އަހަރެންނަށް ދުވަނީ ބޭވަފާތެރި ކަމުގެ ވަސް.. އަހަރެންގެ ޒަމީރު މިގޭގައި އަހަރެން އުޅުމަށް ދެކޮޅު އެބަހަދާ އަހަރެންގެ ނޭވާ ހީވަނީ ފިތި ދާނެހެން ”
“އެކަމަކު ދަރިފުޅާ މިކުޑަ ކުއްޖާ އާއި މެދު ވިސްނާ ތިޔައީ ޝާހިދުގެ އަންބެއްގެ ނަޒަރުން ނުވިސްނާ.. ދިރިއުޅުމުގެ ދެވަނަ މާނަޔަކީ ޒަހަރު ކަމުގައި ވިޔަސް ދަރިންނަށްޓަކައި އެމައިން އެޒަހަރަކީ މީރު ޖޫސް ކަމުގައި ހަދައިގެން ބޯލާނެ ދިރިއުޅުމުގެ މިމަރުހަލާ ދަރިފުުޅު ކަޑައްތު ކުރަންޖެހޭނީ ވަރަށް ވިސްނުންތޫނު ކަމާއެކު ހަނދާންކުރަންވާނެ”
ފަރީދާ ނިޝާ ހިތްހަމަޖެހޭތޯ ވާހަކަ ދައްކަމުންދިޔައެވެ.
“އެކަމަކު ބޮޑުދައިތާ އެހުރިހާ ބަސްތަކެއް އަހައިގެން ކާކަށްތަ ފިޔަވަޅު އަޅަން ފަސޭހަވާނީ މިގެޔަކީ އޭނާގެ މިލްކެއް މިއެއްޗިއްސަކީ އޭނާގެ އެއްޗިހި އަދި އަހަރެންގެ އެއްވެސް އަގެއް މިގެޔަކު ނެތްކަން އޭނާގެ ބަހުރުވައިން ސާފުކޮށް އެނގެން ހުރި ނޫންތަ މިހެންވެ ދެންމިގޭގައި އުޅުމަކީ އަހަރެންގެ ޒަމީރު ގަބޫލް ކުރާކަމެއް ނޫން. ”
ނިޝާ ފަރީދާ ދައްތަގެ ކޮނޑުގައި ބޯއަޅައިގެން ރޮމުން ގެންދިޔައެވެ. ހަޔާތުގެ މިހަލަބޮލިކަމާއި ކުރިމަތި އޭނާ ލާނީ ކިހިނެތްބާއޭ އޭނާ ވިސްނަމުން ދިޔައެވެ.
ނުނިމޭ