English Edition
Dhivehi Edition
ފޮޓޯ:ސޯޝަލް މީޑިއާ

11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.
2023ވަނަ އަހަރު އައި.އޯ.އައި.ޖީ ރާއްޖޭގައި ބޭއްވުމަށް ފާސްކޮށްފައިވަނީ މޮރިޝަސްގައި މިއަދު ހެނދުނު ބޭއްވި ސީ.އައި.ޖޭ ކައުންސިލް ވޯޓިންގައި ރާއްޖެއިން ހުށަހެޅި ބިޑު ކާމިޔާބު ކޮށްގެންނެވެ. ރާއްޖެއާއިއެކު މިފަހަރު ބިޑުގައި ވާދަކޮށްފައިވަނީ ކޮމޮރޯސް އާއި މަޑަގަސްކަރެވެ. ރާއްޖެއަށް 4 ވޯޓު ލިބުނުއިރު، ކޮމޮރޯސް އާއި މަޑަގަސްކަރަށް ލިބުނީ އެންމެ ވޯޓެކެވެ.
މި ބިޑުން ރާއްޖެއަށް ކާމިޔާބު ލިބުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ، މިއީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ބިޑު ކާމިޔާބުކުރުމަށް ސަރުކާރުންވަނީ ވަރަށްބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވަނީ ތާޢީދު ހޯދުމަށް، މެމްބަރު ޤައުމުތަކަށް ދަތުރުކުރައްވައި، އެޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.
11 ވަނަ އައި.އޯ.އައި.ޖީ ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ލިބުމަކީ ލިބުނު ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވެ ރަޢީސުލް ޖުމްހޫރިއްޔާ ޢިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ޓްވީޓު ކުރައްވާފައެވެ.
މޮރީޝަސްގައި މިހާރު ކުރިއަށްދާ އައި.އޯ.އައި.ޖީގައި ރާއްޖެއިން ވަނީ މިހާތަނަށް 3 ރަންމެޑަލް ހޯދާފައެވެ.