English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

2023 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް އޯޝަން ގޭމްސް ރާއްޖޭގައި ބޭއްވުމަށް އުންމީދު ކުރައްވާ ކަމަށާއި އެކަމަށް ކުރިމަތިލައިގެން، ވަރަށް ގިނަ ޤައުމުތަކުގެ ރުހުމާއި ތާއީދު މިހާރުވެސް ވަނީ ކަށަވަރުވެފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއް ޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރު އައި.އޯ.އައި.ޖީ ގައި ރާއްޖެ ތަމްސީލްކުރާ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިކަމާއި ގުޅިގެން ރައީސް ވިދާޅުވީ، ” “މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، އަޅުގަނޑުމެން އުންމީދުކުރާ އެހެން ކަމެއްވެސް އަދި އެބައޮތް. އެއީ، ދެން އޮންނަ މުބާރާތް، އެއީ 2023 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް އޯޝަން ގޭމްސް ރާއްޖޭގައި ބޭއްވުން. އެކަމަށް އަޅުގަނޑުމެން ކުރިމަތިލައިގެން، ވަރަށް ގިނަ ޤައުމުތަކުގެ ރުހުމާއި ތާއީދު މިހާރުވެސް ވަނީ ކަށަވަރުވެފައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމަށް އިތުރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާވިދާޅުވީ، މިފަދަ ބޮޑު މުބާރާތެއްގެ ވާހަކަ ދައްކާއިރު، ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރެދާނެކަން އެމަނިކުފާނު ފާހަގަ ކުރައްވާ ކަމަށެވެ. އެހެން ކަމުން ރައީސްވަނީ މިކަމުގައި ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވާފައެވެ. މިގޮތުން ރައީސް ވިދާޅުވީ ސަރުކާރުން ސީދާ އެ މުބާރާތްތަކަށް އަމާޒުކޮށްގެން، ބޮޑެތި ޚަރަދުތަކެއް ކުރަން ޤަޞްދު ނުކުރައްވާ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ގޮތެއް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، 2023 ވަނައަހަރު ރާއްޖޭގައި ބާއްވަން އުންމީދު ކުރައްވާ މި މުބާރާތަށް ދިވެހި ކުޅުންތެރިން ތައްޔާރު ކުރުމުގެ މަސައްކަތް މާތްﷲގެ ވާގިފުޅާއެކީ ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ. އަދި މި ޕްރިގްރާމަކީ އިރާދަކުރެއްވިއްޔާ ހަތަރު އަހަރަށް ކުރިއަށް ގެންދަވަނެ ޕްރޮގްރާމެއް ކަމަށްވެސް މަނިކުފާނު ވިދާޅުވިއެވެ.

(އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ކޮންޓިޖެންޓްގެ ދިދަ އުފުލާ އެތުލީޓަކަށް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރު މިއަދު ރައީސް ވަނީ ހަމަޖައްސަވާފައެވެ. އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ)2019 ގައި ރާއްޖޭގެ ފަރާތުން 14 ކުޅިވަރެއްގައި މިފަހަރު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.