English Edition
Dhivehi Edition

ބޮލުގައި ރިއްސުމަކީ ވަރަށް އާންމުކަމެކެވެ. މާބޮޑަށް ވިސްނުމާއި ބުރަކޮށް މަސައްކަތް ކުރުމާއި ނިދި މަދުން ލިބުމުގެ ސަބަބުން ވެސް ބޮލުގައި ރިއްސުމަށް މެދުވެރިވެއެވެ.އާންމު ގޮތެއްގައި 5 ވައްތަރެއްގެ ބޮލުގެ ރިހުން ހުރެއެވެ. އެއީ ޕްރެޝާރ، ސައިނަސްގެ ސަބަބުން، މައްސަރު ކަންތަކުގެ ސަބަބުން ބޮލުގައި ރިއްސުން، އަދި މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސުމެވެ. މި ހުރިހާ ވައްތަރެއްގެ ބޮލުގައި ރިއްސުން ކުޑަކުރުމަށްވެސް ބޭސް ބޭނުންކުރާ މީހުން ގިނައެވެ. އެހެންނަމަވެސް ކިރިޔާ ބޮލުގައި ރިއްސާލާއިރަށް ބޭސްކެއުމަކީ އެންމެ އެދެވިގެންވާ ހައްލެއް ނޫނެވެ. ބޭހުގެ ބަދަލުގައި ގޭގައި ދެވޭ ކުޑަކުޑަ ފަރުވާއަކުންވެސް ބޮލުގައި ރިއްސުން ރަގަޅު ކުރެވިދާނެއެވެ.

  • ކުޅިކޮށް ކެއުން: މިއީ ތަންކޮޅެއް އާދެޔާއި ހިލާފް ފަރުވާއަކަށް ވެދާނެއެވެ. އެކަމަކު ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުޅިކޮށް ކެއުމަކީވެސް ބޮލުގައި ރިއްސުމަށް ލިބިގެންދާނެ ލުޔެކެވެ.
  • ގިނައިން ފެންބުއިން/ފެން އެކުލެވޭ މޭވާ ބޭނުންކުރުން:އެންމެ އާންމުގޮތެއްގައި ބޮލުގައި ރިއްސުމަށް މެދުވެރިވާ ސަބަބަކީ ހަށިގަނޑަށް ބޭނުންވާ ފެން މަދުވެ ‘ޑީހައިޑްރޭޓް’ވުމެވެ. އެހެންކަމުން އަބަދުވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަށް އިސްކަންދޭންވާނެއެވެ. އަދި ބޮލުގައި ރިއްސަން ފަށައިފިނަމަ ވީހާވެސް ގިނައިން ފެން ބޯށެވެ. އަދި ފެން އެކުލެވޭ މޭވާ،މިސާލަކަށް ކަރާފަދަ ތަކެތި ގިނައިން ކެއުމުގައި ހިމެނާށެވެ
  • ކަރު އަދި ކަންފަތާއި ބުމައާއި ދެމެދު މަސާޖުކުރުން: ކަރު އަދި ކަންފަތާއި ބުމައާއި ދެމެދު މަސާޖު ކުރުމުން ބޮލުގައި ރިއްސުން ކުޑަވެގެން ދެއެވެ. އަދި މަސާޖުކުރާއިރު ޕެޕާމިންޓް އޮއިލް މަސާޖުކުރާނަމަ ލޭ ދައުރުވާގޮތް ރަނގަޅުވެގެން ދެއެވެ.މީގެ އިތުރުން ގަނޑުފެން ބޭނުންކޮށްގެން މަސާޖްކުރުމަކީވެސް ބޮލުގައި ރިހުމަށް އިތުރު ލުއެއް ގެނެސްދޭނެކަމަށެވެ. އަދި އޭގެ ސަބަބުން ބޮލަށް ފަސޭހަކަމެއް ލިބިގެންދާނެއެވެ.
  • ހޫނު ފެނުން ފެންވަރާލުން: ހޫނު ފެނުން ފެންވަރަލުމުން މީހާގެ ވަރުބަލިކަން ފިލާ ހަމަޖެހުން ލިބިގެންދެއެވެ. އަދި ހަށިގަނޑުގެ ލޮނޑުކަން ކެޑި ތާޒާކަން އިތުރުކޮށްދެއެވެ.
  • ރަގަޅަށް ނިދުން: ގިނަ މީހުން ބޮލުގައި ރިއްސުމަށް ދިމާވާ އެންމެ މައިގަނޑު ސަބަބަކީ ރަގަޅަށް ނިދި ނުލިބުމެވެ. އެހެންކަމުން އަބަދުވެސް 7 ގަޑިއިރު ނިދުމަށް ސަމާލުކަންދޭންޖެހެއެވެ. ބައެއް ފަހަރު މާގިނަ ވަގުތު ނިދުމުންވެސް އަދި މާ މަދު ވަގުތުކޮޅަކަށް ނިދުމުންވެސް ބޮލުގައި ރިއްސަފާނެއެވެ،

މައުލޫމާތު:ހެލްތް ލައިން

1 ކޮމެންޓް
އާމިނަ
ޖުލައި 22, 2019
5 ވަނަ ވައްތަރަކީ ކޮބާ؟