English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޑިރެކްޓަރުންގެ މަގާމުތަކަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.

އެގޮތުން އެ ހޮސްޕިޓަލުން ހުޅުވާލާފައިވާ މަގާމްތަކަކީ، ކޯޕަރޭޓް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމު، ފެސިލިޓޭޓިވް ސަރވިސަސްގެ އެސިސްޓެން ޑިރެކްޓަރގެ މަގާމު، ޕްރޮކިއުމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް އަދި ބަޖެޓް އެންޑް ފައިނޭންސްގެ ޑިރެކްޓަރގެ މަގާމުގެ އިތުރުން ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމެވެ.

މަގާމްތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުމުގެ ސުންގަޑިއަކީ 28 ޖުލައި 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން ނެވެ. މިތަކެތި ހުށަހަޅަަން ޖެހޭނީ މިނިސްޓްރީ އޮފް ހެލްތަށް އެހެން ނޫނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014344 ނަންބަރު ފޯނަށެވެ.