ދިވެހިރާއްޖޭގެ ސަޤާފީ ތަރިަކއިގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލިހުން މިއަދު ވަނީ ފުރުޞަތު ހުޅުވާ ލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރައްވަމުން ގެންދަވާ “ދިވެހިރާއްޖޭގެ ޘަޤާފީ
ތަރިކައިގެ ބިލު” އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.
މި ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މަޖިލިހުގެ ކޮމިޓީގެ މެއިލް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުއްވުމަށް މަޖްލިހުގެ އިދާރާއިން ކޮށްފައިވާ އިޢުލާންގައިވެއެވެ.
ޘަޤާފީ ތަރިކައިގެ ބިލް މަޖިލިހަށް ހުޅަހެޅުއްވެވީ ،ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅި ޘަގާފީ ތަރިކައިގެ މިބިލަށް ބަހުސް ކުރައްވަމުން، ހުރިހާ މެންބަރުންވެސް ވިދާޅުވީ އެ މިބިލަކީ ވަރަށް މުހިންމު ބިލެއްކަމަށެވެ.
ރާއްޖޭގެ ޘަޤާފާތާއި ތަރިކަ އުވިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި މިބިލް މަޖިލީހަށް ހުށަހެޅުމުން އެއިން ދޭހަވެގެންދަނީ ރާއްޖޭގެ ސަޤާފަތީ ތަރިކަ ރައްކާތެރިކުރުމަށް މި ސަރުކާރުން އިސްކަންދޭ މިންވަރެވެ.