English Edition
Dhivehi Edition

ހުޅުމީދޫ ސިއްޙީ މަރުކަޒުގެ ޙިދުމަތް ރަނގަޅު ކުރުމަށް އެކްސްޓެންޝަން އިމާރާތް އެޅުމަށް ހެލްތް މިނިސްޓްރީއިން ބަޔަކާ ހަވާލުކޮށް އެ ޕްރޮޖެކްޓްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ސޮއިކުރެއްވި އިރު މި މަސައްކަތް ހަވާލުކުރި ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަތުހުﷲ އާދަމްއެވެ.

ސިއްޙީމަރުކަޒުގެ މިޕްރޮޖެކްޓްގެ ދަށުން 6 ޕްރައިވެޓް ރޫމް،ފެންވަރު ރަނގަޅު ލެބޯޓަރީ އަކާއި އިތުރު ފެސިލިޓީސްތައް ގާއިމް ކުރެވިގެންދާނެކަމަށް މައުލޫމާތު ލިބެ އެވެ.

މަސައްކަތް ކުރަތާ 75 ދުވަސްތެރޭގައި މަސައްކަތް ނިންމަން ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހެލްތްމިނިސްޓްރީން ވަނީ އެދިފައެވެ. އަދި މިމަސައްކަތަށް މިނިސްޓްރީން ވަނީ ފުންޏާ1،317،465.79 ހަވާލުކޮށްފައެވެ.

ހުޅުދޫ މީދޫ ގެ އާބާދީ އާ އަޅާބަލާއިރު މިދެރަށުގައި ހުންނަ ސިއްޙީމަރުކަޒުގެ ހާލަތު ވަރަށް ދަށެވެ. މިދެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއްޝަކުވާ އަކީ ސިއްޙީ ހިދުމަތް ރަނަގޅުފެންވަރެއްގައި ރަށުގައި ގާއިމް ކުރެވިފައި ނެތުން ކަމަށްވާއިރު މެމްބަރު އިލްޔާސް ލަބީބް ވަނީ މީގެ ކުރިން ހުޅުމީދޫ ސިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ހައްދާވާނެ ކަމަށް ވިދާޅުވެފައެވެ.

ހުޅުދޫ މީދޫގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް މިހާރު އިންތިހާބްވެ ވަޑައިގެން ހުންނެވި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.