English Edition
Dhivehi Edition

“ހުޅުމީދޫ ސިއްހީ މަރުކަޒުން ވިއްސި ކުއްޖާ: މަރުކަޒުގެ އިހުމާލު ބޮޑު!” މި ސުރުހީގެ ދަށުން ‘ވަގުތު ނޫހު’ގައި ލިޔެފައިވާ ހަބަރަކީ އެއްވެސް ސައްހަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހަބަރެއް ނޫންކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ،

ވަގުތު ނޫހުން ޝާއިއުކޮށްފައިވާ ދެ ހަބަރަކާއި ގުޅިގެން ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައިފައިވަނީ އެ މަރުކަޒަށް 25 މެއި 2020 ވަނަ ދުވަހު ވިހެއި އަންހެންމީހާ އާއި ގުޅޭގޮތުން ‘ވަގުތު ނޫހު’ގައި ޝާއިއުކޮށްފައިވާ ހަބަރުގައި މަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ބުނެ ލިޔެފައިވާ ލިޔުމަކީ، ހަގީގަތާއި ހިލާފް ދޮގު މައުލޫމާތެއްކަމަށެވެ.

ހުޅުމީދޫ ޞިއްޙީމަރުކަޒާއި ގުޅޭ ގޮތުން ލިޔެފައިވާ ޚަބަރުތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ތަކެއްކަން ފާހަގަކޮށް، ޞިއްޙީމަރުކަޒުން ބަލި މީހާގެ އެއްވެސް ޒާތީ މަޢުލޫމާތެއް އެއްވެސް ނޫހަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ.މީގެ އިތުރުން ސިއްހީ މަރުކަޒުން ބުނީ މިފަދަ ހާލަތް ތަކުގައި ރައްޔިތުންނަށް މުވައްސަސާތަކަށް އޮންނަ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ނޫސްވެރިންގެ އަމަލުތައް ހުރުމަކީ އެއްގޮތަކަށް ވެސް ބަލައިގެނެވޭނެ ކަމެއް ނޫންކަމަށެވެ.

2016 ވަނަ އަހަރުގެ ފަހުން ހުޅުމީދޫ ސިއްހީ މަރުކަޒުގައި ކުއްޖަކު ވިއްސާފައެއް ނުވެއެވެ.