English Edition
Dhivehi Edition

ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އެބައޮތްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް މެދުވެރިކޮށް މައުލޫމާތު ދެއްވަމުން ރެޖިސްޓްރަރ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ، ބޮޑެތި ސިޓީތަކެކޭ އެއްގޮތަށް އާންމު ރަށްތަކުގައި ވެސް 24 ގަޑިއިރުގެ ވިޔަފާރިކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން މިހާރު ދީފައިވާކަމަށެވެ.

“24 ގަޑިއިރު ވިޔަފާރިކުރުމުގެ އުސޫލުތަކާއި އިޖުރާޢަތްތައް ކޮންމެ ރަށެއްގެ ވެސް ކައުންސިލަކާއި ހިއްސާކޮށްފައިވާނެކަމަށާއި އެރަށެއްގައި 24 ގަޑިއިރު ވިޔަފާރިކުރަން ބޭނުންވާނަމަ ކައުންސިލަށް އޭގެ ފުރިހަމަ ބާރު ލިބިގެން ވޭ” ވިސާމް ވިދާޅުވިއެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލާފައި އޮތުމަށްފަހު އެ ހުއްދަ ދޫކުރަން އަލުން މި އަހަރު ފެށި އިރު މިހާތަނަށް އައިއިރު މާލެ ސިޓީއާއި އައްޑޫ އިން 31 ފިހާރައަކަށް 24 ގަޑީރު ވިޔަފާރި ކުރަން ހުއްދަ ދީފައިވެއެވެ.