English Edition
Dhivehi Edition

މަގާމުގައި ހުންނަވާތާ 5 އަހަރު ނުވަނީސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެމްބަރު ލަތީފާ ގާސިމްގެ މެމްބަރުކަން ގެއްލިއްޖެ އެވެ.

ލަތީފާގެ މެމްބަރުކަން ގެއްލުނީ ގާނޫނީ ފަންނުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ އެކުގައެވެ.

މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނީ ފަންނުގެ ބިލް ގާނޫނަކަށް ބަދަލުވުމާ އެކު، އެ ގާނޫނު ބުނާގޮތުން އެ އަށް އަމަލު ކުރަން ފަށާއިރު ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރުގެ މެމްބަރުކަން އޮޓަމެޓިކުން ނިމުމަކަށް އަންނާނެ އެވެ.

ލަތީފާގެ މެމްބަރުކަން މިހާރު ނިމުމަކަށް އައިސްފައިވާ އިރު އެ މަގާމަށް މެމްބަރަކު އިންތިޚާބު ކުރަން ބާއްވާ އިންތިޚާބު އެ ގާނޫނުގެ ދަށުން އުފެދޭ ބާ ކައުންސިލް އިންތިޚާބު ކުރެވޭ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ބާއްވަން އެ ގާނޫނު ލާޒިމް ކުރެ އެވެ.

ބާ ކައުންސިލްގެ އިންތިޚާބު ބާއްވަން ޖެހެނީ މިއަދުން ފެށިގެން 21 ދުވަހުގެ ތެރޭގަ އެވެ.