English Edition
Dhivehi Edition

ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވޯއައިއޭ)ގައި ތަރައްޤީކުރަމުންދާ އާ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިންމައި ހިޔާކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމި، ހިޔާ ކޮށް ނިމިފައިވާ ކަމަށެވެ. ދެން ކުރިއަށް އޮތީ ފްލޯ ސްލެބް އެޅުމުގެ މަސައްކަތް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ކާގޯ ޓާމިނަލްގެ މަސައްކަތް ކުރިއިރު ވީއައިއޭގައި ތަރައްގީކުރި އާ ރަންވޭގެ މަސައްކަތްވެސް ކުރީ އެ ކުންފުނިން އެވެ.

އެމްއޭސީއެލް އިން މީގެ ކުރިން ވިދާޅުވެފައިވަނީ، އާ ކާގޯ ޓާމިނަލް އާ އެކު އަހަރަކު 120،000 ޓަނުގެ އެއާ ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއު ނިމުމުން ޤައުމުގެ އިޤްތީޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.