English Edition
Dhivehi Edition

ލޭގެ ޕްރެޝަރާ ކޮލެސްޓްރޯލް ބައްޔަކީ ފުރާނައަށް ގެއްލުން ހުރި ބަލިތަކެކެވެ. ބަލީގެ އެއްވެސް އިޝާރާތެއް ނުފެނި މި ބަލި ހަށިގަނޑުގައި ހުރިކަން ގިނަފަހަރު އެނގެނީވެސް މީހާ ވަރަށް ބޮޑަށް ބަލިވުމަށް ފަހުގައެވެ.

ރިޕޯޓްތަކުން ދައްކާގޮތުގައި ދުނިޔޭގެ 94.6 މިލިއަން މީހުން މިބަލީގެ ޝިކާރައަކަށް ވެފައި އެބަތިއްބެވެ. އަދި މި އަދަދު މިއަށްވުރެ އެތައްގުނައަކަށް އިތުރު ވާނެކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ. އާންމުގޮތެއްގައި އަހަރެމެންގެ ދިރިއުޅުމުގައި އެކިއެކި ކަންކަމުގައި ވިސްނާ ފިކުރުކޮށްމާބޮޑަށް ހެދުމުގެ ސަބަބުން ލޭގެ ޕްރެޝަރ މަތިވެއެވެ. ދާދިފަހުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ލޮނުރަހަ ނުހުންނަ ބުއިންތަކުން ލޭގެ ޕްރެޝަރ އަދި ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދެއެވެ.

މިދިރާސާގައި ބުނެފައިވަނީ އެއްވެސް ވަރަކަށް ލޮނު ނުހިމެނޭ ޓޮމާޓޯ ޖޫހަކީ ޕްރެޝަރާ ކޮލެސްޓްރޯލަށް އެންމެ ރަނގަޅު ފަރުވާ ކަމަށެވެ. މީގެ އިތުރުން ހިތުގެ ބަލިތަކަށްވެސް މިޖޫހަކީ އެންމެ ރަނގަޅު ފަރުވާ ކަމަށް އެދިރާސާގައި ވެއެވެ. ‘ޖޯނަލް އޮފް ފުޑް ސައިންސް” އިން ކޮށްފައި ވާ ދިރާސާގައި ބުނެފައިވަނީ ކޮންމެދުވަހަކު ޓޮމާޓޯ ޖޫސްބޯ 500 އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށްގެން ހެދި ދިރާސާގައި ބުނެފައިވަނީ މިމީހުންގެ ސިސްޓޮލޮކް ބްލަޑް ޕްރޭޝާވަނީ 141.2-137 mmHg އަށް ދަށްވެފައެވެ. އަދި ޑައިސްޓޮލިކް ބްލަޑްޕްރޭޝަރ 83.3 – 80.9 mmHgއަށް ދަށް ވެފައެވެ. މިދިރާސާއަށްފަހު ރީސާޗާ ބުނެފައިވަނީ މިޖޫސްބުއިމުން އަހެނުނާއި އާއި ފިރިހެނުންގެ ވެސް ލޭގެ ޕްރެޝަރުގެ ނަތީޖާ އައީ އެއްވަރަކަށް ކަމަށެވެ.

ޓޮމާޓޯއަކީ ސިއްހީބައެއް ބަލިތައްކަމަށްވާ ހިތުގެ ބަލި، ހަކުރު އަދި ކެންސަރަށްވެސް ފަރުވާލިއްބައިދޭ އެއްޗެކެވެ. އޭގައި ވިޓަމިން ސީ، ކޭ، ޕޮޓޭޝިއަމް، އަދި ފޮލޭޓް ހިމެނެއެވެ.

ކޮންމެދުވަހަކު ޓޮމާޓޯ ޖޫސްތައްޓެއް އާދަކޮށް ބޯންބޭނުންނަމަ އެންމެ ރަގަޅުގޮތަކީ ޑޮކްޓަރަށްވެސް ދެއްކުމަށްފަހު މަޝްވަރާކޮށްފައި ބޯންފެށުމެވެ. ޓޮމާޓޯގައި އެކުލެވޭ ބައެއް މާއްދާތަކުން ބައެއް ކަންކަމާ ނުގުޅިދާނެތީ އެކަން ޔަގީންކޮށްލުން ވަރަށް މުހިންމެވެ.