English Edition
Dhivehi Edition
ރައްޔިތުންގެ މަޖްލިސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަޤްރީރު ކުރައްވަނީ

ރައްޔިތުންގެ މަޖްލިސްގައި ތަޤަރީރު ކުރައްވަމުން، ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭން އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ.

މަޖްލިހުގައި ތަޤްރީރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް އޮތް ވަރަށް މުހިއްމު ކަމެއް ކަމަށާއި ރާއްޖެއާ އެކު ވަރުގަދަ ގުޅުމެއް ބޭއްވުމަކީ އެ ގައުމުގެ އަމާޒު ކަމަށެވެ.

އިންޑިޔާއިން ވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް އެހީތެރިވުމުގައި އަދި ދިވެހިރާއްޖޭގެ ކުރިއެރުމާއި ސުލްހައަށް ޓަކައި ކޮނޑާކޮނޑު ޖައްސައިގެން ސާބިތުވެފައި ކަމަށާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގައި އެހީތެރިވުމާއި، ދިވެހިރާއްޖޭގެ ގަދީމީ ފަތްފުށް ރައްކާތެރި ކުރުމުގައި އެހީތެރިވުމާއި، ދިވެހި ބަހުގެ ރަދީފު ތަރައްގީ ކުރުމުގައި އެހީތެރިވުމަކީ އިންޑިއާއަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

“ދެ ގައުމުގެ ގުޅުންތައް ހަމަ އެކަނި ބިނާވެގެން ވަނީ ދެ ގައުމުގެ ސަރުކާރުގެ މައްޗަށް އެކަންޏެއް ނޫން. މި ގުޅުންތަކުގެ ލޭނާރަކީ ދެ ގައުމުގެ މީހުންގެ ދެމެދުގައި އޮންނަ ގުޅުންތައް “

ރާއްޖޭގެ ސަޤާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އުޅުން ، ވާހަކަ ދައްކާ ބަސް އުފެދިފައިވާ ގޮތާއި އަދި ވެސް ގިނަ ކަންތައް ތައް އިންޑިއާގެ ސަޤާފަތާއި ވަރަށް ބޮޑަށް ގުޅިފައިވާކަން މޯދީ ފާހަނގަ ކުރެއްވެވި އެވެ.

ހިންދީ ބަހުން ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ މިއީ ހަމައެކަނި އަމިއްލަފުޅަށް ލިބިވަޑައިގެންނެވި ޝަރަފެއް ނޫން ކަމަށާއި މިއީ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބިނު ޝަރަފެއް ކަމަށެވެ. އަދި އެކަމަށް އިންޑިއާގެ ހުރިހާ ރައްޔިތުން ވެސް ފަޚުރުވެރިވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖްލިސްގައި ބޭރު ޤައުމެއްގެ ލީޑަރެއް ފުރަތަމަ ތަޤްރީރު ކުރައްވާފައި ވަނީ 2009 ވަނަ އަހަރު ނޮވެމްބަރ މަހުގައި ކުރީގެ ޕްރައިމް މިނިސްޓަރ މަންމޯހަން ސިންގ އެވެ.