English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވާނީ ހިންދީ ބަހުންކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

ބޮޑު ވަޒީރު މޯދީ ތަގުރީރު ކުރައްވަން ބާއްވާ ޖަލްސާ އޮންނާނީ، މިރޭ 6:45ގަ އެވެ.

މޯދީގެ ތަގްރީރް ހިންދީ ބަހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރުމޯދީ ތަގުރީރު ދެއްވަމުން ގެންދަވާއިރު، މަޖިލީހުގެ މެންބަރުންނަށް ވަގުތުން ދިވެހި ތަރުޖަމާ އަޑުއިވޭޭނެ އިންތިޒާމު މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.އަދި ޓީވީތަކުން އެ ތަގުރީރު ވަގުތުން ދައްކާ އިރުވެސް، ތަގުރީރުގެ ދިވެހި ތަރުޖަމާ ގެނެސްދެވޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ ބަލަމުން އަންނަކަމަށް މަޖިލީހުންވަނީ ބުނެފައެވެ.

މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު، މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި ހަވީރު 4:00 ގަ އެވެ.މި ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބޭއްވުމުގެ އިތުރުން ދެ ގައުމުން ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.