ދިރާގުން މި އަހަރު ވެސް ކުޑަކުދިންނަށް އީދު ހަދިޔާ ދީފި
5 މަސް ކުރިން
އަޙްމަދު

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި، މާލޭގެ އިތުރުން އެހެނިހެން ރަށްރަށުގައި އުޅޭ ކުޑަކުދިންނަށް މި އަހަރު ވެސް ދިރާގުން އީދު ހަދިޔާ ދީފި އެވެ.

މިއީ، އެ ކުންފުނިން ކޮންމެ އަހަރެއްގެ އީދާ ގުޅިގެން ކުރަމުން އަންނަ ކަމެކެވެ.

Advt

Advertisement

ކޮންމެ އަހަރެއްގެ އީދު ދުވަހާއި ގުޅުވައިގެން ކުޑަ ކުދިންނަށް އީދު ހަދިޔާ ދިނުމުގެ ބޭނުމަކީ، އީދުގެ މުނާސަބަތްތަކުގައި ހަދިޔާ ބަދަލު ކުރުން އެއީ އަބަދުވެސް ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށްވެފައި، ކުޑަ ކުދިންގެ މެދުގައި މިފަދަ ސަގާފަތްތައް ދިރުވުމަކީ މުހިންމު ކަމެއްކަމަށް އެ ކުންފުނިން ދެކޭތީ ކަމަށް ދިރާގުން ބުނެފައިވެއެވެ.

އަތޮޅުތކުން އީދު ހަދިޔާ ބެހީ ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްރަށުގަ އެވެ. އެގޮތުން، އެ ސެންޓަރުތަކުގައި މަސައްކަތް ކުރާ ދިރާގުގެ މުވައްޒަފުން ވަނީ އީދު ނަމާދަށް ފަހު، ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކަށް ގޮސް ހަދިޔާ ބަހައިފަ އެވެ.

އީދު ހަދިޔާ ބެހުމުގެ ހަރަކާތުގައި ކޮންމެ އަހަރަކު ވެސް ދިރާގުގެ ގިނަ މުވައްޒަފުން ބައިވެރިވެ އެވެ.

އެހެން އަހަރު ތަކާއި އެއްގޮތަށް މިއަހަރުގެ އީދަށް ވެސް ކުޑަ ކުދިންނަށް ހަދިޔާ ދިނުމުގައި ބައިވެރި ވުމަކީ އެ ކުންފުންޏަށާއި، އެތާނގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަށް ލިބިގެން ދިޔަ އުފަލެއް ކަމަށް ދިރާގުން ބުންޏެވެ.