English Edition
Dhivehi Edition

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހައިކޯޓުން މީގެ ކުރިން ޖަހައިދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިފައިވާ މައްސަލައާއި ގުޅިގެންނެވެ. ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރިމިނަލް ކޯޓުން ކުރިން އިއްވާފައި އޮތް 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެެވެ

ރިޔާސީ ލޯންޗްކޮޅު، “ފިނިފެންމާ”ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބަށް އިއްވާފައިވާ ހުކުމް ހައިކޯޓުން މި ދިޔަ މަހުގެ 20 ވަނަ ދުވަހު، ބާތިލްކޮށް ކްރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލަން އިއްވި ހުކުމުގައި ވަނީ އަދީބު 15 ދުވަހަށް ރިމާންޑް ޖަލެއްގައި ބެހެއްޓުމުގެ އަމުރެއް ނެރެފަ އެވެ. ބަންދުގެ މުއްދަތު ކުރިއަށް އޮތް އަންގާރަ ދުވަހު ހަމަވާއިރު، ބަންދުގެ މުއްދަތު އިތުރުކުރަން އެދޭނަމަ އެކަން ޕީޖީ، ކްރިމިނަލް ކޯޓަށް ހުށައެޅުމަށްވެސް ހައިކޯޓުން ވަނީ އަންގާފައެވެ. އެހެންކަމުން ޕީޖީ ވަނީ އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށައަޅުއްވާފައެވެ.

އެހެން ނަމަވެސް، އެނގިފައިވާ ގޮތުގައި ތިން ގަޑިއެއްހާއިރު އަދީބު ކޯޓްގައި ބެހެއްޓުމަށް ފަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދޭން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ހުރިހާ ހުކުމްތަކެއްހެން މިހާރު ވަނީ ބާތިލްކޮށްފައެވެ. ހަމަ އެކަނި އޮތީ ކޯޓްގެ ހުރުމަތްކެނޑިކަަމަށް ބުނެ އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ.