English Edition
Dhivehi Edition

ދިވެހީންގެ ކެއުމުގައި ފިޔާ މިއީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއް ތަރުކާރީ އެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ފިޔާ ބޭނުން ކުރެވޭއިރު ފޮނި ކާއެއްޗިސް ތައްޔާރުކުރުމުގަޔާއި ކުޅި ކާއެއްޗެތި ތައްޔާރުކުރުމުގަ އި ފިޔާ ބޭނުން ކުރެއެވެ. ފިޔައަކީ ވަރަށް ގަދަ އާތްވެއް ހުންނަ އޭގެ ސަބަބުން ގިނަބަޔަކު ރޮއްވާލައެއްޗެކެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ބާޒާރުގައި ފިޔާގެ އަގު އުފުލިގެން ދިޔަނަމަވެސް ފިޔާ ބޭނުން ކުރާމިންވަރަކަށް ކުޑަވެސް ބަދަލެއް ނާދެެއެވެ. ބާޒާރުގައި އަތްފޯރާ ފަށެއްގައި ފިޔާ ލިބެން ހުންނަ އި ރު ފިޔަ އަކީ ސިއްހަތަށް އެތަކެއް ފައިދާ ލިބިދޭ ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުންކުރުން މުހިއްމު ބާވަތެކެވެ.

ފިޔާ މިއީ ޖަރާސީމަށް ހުރި ނުރައްކަލަކަށްވާ ފަދައިން ބެކްޓީރިއާ އަދި ވައިރަސްތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިފައިވާ ތަރުކާރިއެކެވެ. މީގައި ހިމެނޭ މުހިއްމު މާއްދާތަކުގެ ތެރޭގައި ވިޓަމިން ބީ، ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ސަލްފަ ހިމެނެ އެވެ. އަދި ފައިބައާއި ސޯޑިއަމް ގިނަ އަދަދަކަށް އެކުލެވޭ ކަން ފަހަގަ ކޮއްލަމެވެ.

ހަކުރު ބަލި ފަދަ ނުރައްކާތެރި ބަލިތަކުން ދުރުކުރުމަށް ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮއްދޭއިރު ކެންސަރު ބަލިން ދުރުކޮށްދިނުމަށް ބޭނުންވާ ގިނަ މާއްދާތަކުން ފިޔާ ވަނީ މުއްސަންދިވެފައެވެ. ފިޔާ މިއީ ކެންސަރު ބައްޔާއި ހަށިގަނޑު ދުރުކޮށްދިނުމަށް ބޭނުންވާ ގިނަ މާއްދާތަކެއްވެސް އެކުލެވިގެންވާ އެއްޗެކެވެ.

ފިޔާ މިއީ ގިނަ އަދަދަކަށް ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން އީ ހިމެނޭ ތަރުކާރި އަކަށް ވާއިރު ނުރައްކާތެރި އިރުގެ ދޯދިތަކުން ހަންގަނޑު ސަލާމަތްކުރުމަށް ފިޔާ އެހީތެރިވެދެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމަކީ އަވައްޓެރި އިންޑިޔާ އިންނެވެ. އިންޑިއާގެ ބޮޑެތި ފިޔާ ދަނޑުތައް ހުންނަ އިރު ފިޔަ އަކީ އެ ގައުމުގެވެސް ކާނާ ތައްޔާރު ކުރުމުގައި މުހިއްމު އެއް ބާވަތެވެ. ރާއްޖޭގެ ރައްރަށުގައިވެސް މިހާރު ފިޔާ ހައްދާފަ ހުރެއެވެ. މިއީ ފަސޭހަކަމާއެކު ހެއްދޭ ތަރުކާރީ އަކަށް ވެފައި ހަށިގަނޑަށް ބޭނުންވާ އެތަކެއް ވިޓަމިކާއި ނިއުޓްރިއެންޓެއް ފިޔައިން ލިބިދެއެވެ.

ޓެގު