English Edition
Dhivehi Edition

އަވަށްޓެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ދިވެހިރާއްޖެއަށް ވަޑައިގަންނަވާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ކުރެއްވުމާ ގުޅިގެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް މިއޮތް ޖޫން މަހުގެ 7 ވަނަ ދުވަހުއާއި 8 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ .

މި ދަތުރުފުޅު ވެގެންދާނީ އިންޑިއާގައި ބޭއްވި އާންމު އިންތިހާބުގައި ތަފާތު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި ދެވަނަ ދައުރެއް ދިފާއުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ ޤައުމުން ބޭރަށް ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅަށެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އަންނަމަހު ރާއްޖެވަޑައިގަންނަވާނެކަން ދިވެހި ސަރުކާރުން ކަށަވަރުކޮށްދެއްވިއިރު، ވެރިކަންކުރާ ބީ.ޖޭ.ޕީ ހޯދި ކާމިޔާބީ ފާހަގަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ފޯނުން ގުޅުއްވައި މޯދީއަށް ތަހުނިޔާ ވިދާޅުވެފައެވެ.