English Edition
Dhivehi Edition

އިސްރާއީލުގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރެމުން ދާތީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަލަސްތީނުން އެހީތެރިވެދޭން ނިންމައިފިއެވެ. ދެންމެ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިސްރާއީލްގައި ރޯވެފައިވާ އަލިފާން ނިއްވަން އެހީތެރިވުމުގެ ފުރުސަތު ދިނުމަށް ފަލަސްތީނުން އެދިފައިވާ ކަމަށެވެ.

ފަލަސްތީނުގެ އިތުރުން ރަޝިއާ އިން ވެސް ވަނީ އިސްރާއީލްގައި ރޯވެފައިވާ އަލިފާން ނިއްވަން އެހީތެރިވުމުގެ ފުރުސަތަކަށް އެދިފައެވެ. މިސްރުން މިހާރު ވަނީ އަލިފާން ނިއްވަން ބޭނުން ކުރާ ދެ ހެލިކޮޕްޓަރު އިސްރާއީލަށް ފޮނުވާފައެވެ. އަދި ސައިޕްރަސް އިން ވަނީ ފަޔާފައިޓަރުންގެ ޓީމެއް އިސްރާއީލަށް ފޮނުވާފައެވެ.މީގެ އިތުރުން އިޓަލީ، ގްރީސް، ކްރޮއޭޝިއާގެ ފަޔާފައިޓަރުން ވެސް މިއަދު އިސްރާއީލަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަލިފާން ރޯވުމުގެ ސަބަބުން މިހާތަނަށް 3،500 އެއްހާ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށާއި ޤައުމުތަކުގެ، “އަވަސް” އެހީއަކަށް ބޭނުންވާ ކަމަށް އިސްރާޢީލްގެ ފޮރިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.