English Edition
Dhivehi Edition

ކޮލޮމްބޯ (މެއި 18) – މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު، ގޮތަބަޔަ ނޫސްވެރިންނަށް ވިދާޅުވީ، ރައީސްކަމަށް ކުރިމަތިލައްވަން މާކުރިންވެސް ނިންމަވާފައިވާ ކަމަށެވެ.

“ޔަގީނުންވެސް އަހަރެން ވާދަކުރާނަން. އެއީ މާ ކުރިން ނިންމާފައިއޮތް ކަމެއް. އެހެންނޫންނަމަ އެމެރިކާގެ ރައްޔިތުކަން ދޫކޮށްލަންޖެހޭ ސަބަބެއްނެތް،” އެމެރިކާގައި ހުންނެވުމަށް މިދިއަ މަހު ލަންކާއަށް އެނބުރި ވަޑައިގެންނެވި ގޮތަބަޔަ ވިދާޅުވި އެވެ.

ގޮތަބަޔަ ތަމަޅަ ޓައިގަރުންނާއެކު ލަންކާ ސަރުކާރުން ކުރި 25 އަހަރުގެ ދާހިލީ ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވިއެވެ.