English Edition
Dhivehi Edition

މިއަދު ހެނދުނު އައްޑޫސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ، ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:32 ހާއިރު ކަމަށެވެ. މިހާދިސާގެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަޙައްދަށް ގޮސް، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ވަނީ ނިއްވާލާފައި ވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ނުފެތުރޭނެ ގޮތަށް، ވެމްކޯގެ އެހީތެރިކަމާއެކު، އެސަރަޙައްދުގައި ހުރި ކުނިތައް ވަކިކުރުމުގެ މަސައްކަތް ވެސް އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ ޓީމުން ކޮށްފައިވާކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.