English Edition
Dhivehi Edition

އަބަދުވެސް އަޑުއިވޭ ވާހަކައަކީ އާދައިގެ ހަނޑުލަށްވުރެން ބްރައުން ރައިސްގެފައިދާބޮޑު ވާހަކައެވެ. އެހެން ނަމަވެސް މިދެބަވަތުގެ ފައިދާ އަޅާކިރާލަން އަޅުގަނޑުމެންނަށް ވަގުތެއް ނުވެއެވެ. އެންމެފުރަތަމަވެސް ބާޒާރަށް ގޮސް ގަނެލެވެނީ އަގުބޮޑު އަދި ކޮލިޓީ ކަމަށް މަޝްހޫރު އެއްޗިއްސެވެ. އަދި އަޅުނަޑުމެންނަށް އަބަދުވެސް ވިސްނިފައި ވާގޮތުަގައި ހުދު އެއްޗިއްސަށްވުރެން މުށިކުލަ ހުންނަ ކޮންމެ އެއްޗެއްގައި ފައިދާ ބޮޑެވެ. “ބްރައުން” އެއްޗިހީގައި ފައިދާ ބޮޑުކަމަށް އެންމެނަށް ވެސް ގަބޫލުކުރެވޭ އެއްކަމަކީ އޭގައި ގިނައަދަދަކަށް ފައިބަރ ހިމެނުމެވެ. މިދެ ބާވަތުގައިގެ ފައިދާ ހުރިވަރު ބަލައިލަމާ ހިނގާށެވެ.

ދާދިފަހުން އޫއެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިންވަނީ މިދެބާވަތުގެ ހަނޑުލުގައި ފައިދާ ހުރިވަރު ހޯދާފައެވެ. އެމީހުން ބުނާގަޮތުގައި ހުދުހަނޑުލަކީ ތަންކޮޅެއް ގަދައަށް ސާފްކޮށްފައި ހުންނަ އެއްޗަކަށް ވުމުން އޭގައި އޭގައި އެކުލެވިފައިވާ ގުދުރަތީ ނިއުޓްރިޝަން ކޯޓް ހުދު ހަނޑުލުގައި މަދެވެ. އަދި އޭގައި ވަރަށް ގިނައަދަދަކަށް ކާބޯ ހައިޑްރޭޓް އެކުލެވެއެވެ. ބްރައުން ރައިސްގައި ގިނައަދަދަކަށް ވިޓަމިން އަދި މިނެރަލްސް ހިމެނެއެވެ. އެހެން ނަމަވެސް ވައިޓް ރައިސްގައި ގިނައަދަދަކަށް ފޯލިކް އެސިޑްވެސް ހިމެނޭއިރު އެގައި ނިއުޓރިޝަން ދަށްވަނީ ހަނޑޫ ސާފްކުރުމުގައި އާޓިފިޝަލް ގޮތްތަކެއް ގެންގުޅޭތީ ކަމަށް އެދިރާސާގައި ބުނެއެވެ. ވައިޓް ރައިސްގައި ހިމެނޭ ލޯނިއުޓްރިޝަން އިން އަވަހަށް ހަޖަމް ކުރުމުގެ ބާރު ހުރެއެވެ. އެހެން ނަމަވެސް ބްރައުންރައިސް ހަޖަމް ކުރަން ގިނަވަގުތު ނަގައެވެ.

ޔޫއެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރުން ބުނެފައިވާގޮތުގައި ކައްކާފައި ހުންނަ ބްރައުން ރައިސް އެއްޖޯޑްގައި 218 ކެލޮރީސް ހިމެނެއެވެ. ހުދުހަނޑުލު ބަތް ޖޯޑެއްގައި 242 ކެލޮރީސް ހުރެއެވެ. އެހެން ކަމުން ކެލޮރީސް ދަށްކުރަން ބޭނުން މީހެއްނަމަ ބްރައުން ރައިސް ހިޔާރު ކުރުން ރަނގަޅެވެ.

ޔޫއެސްޑީއޭ ގެ ރިޕޯޓްގައި ބުނާގޮތުން އެއްޖޯޑް ބްރައުން ރައިސްގައި 46ގ ކާބޯހައިޑްރޭޓްސް އެކުލެވެއެވެ. އަދި ހުދު ހަނޑުލުގެ ބަތް ޖޯޑެއްގައި 53ގ ކާބްސް ހިމެނެއެވެ.

ބްރައުން ރައިިސްގައި ހުދު ހަނދުލަށްވުރެން ވިޓަމިންސް އެންޑް މިނެރަލްސް ގިނައެވެ. ޕްރޮޓިން ހިމެނޭ ވަރަށް ބަލައިލާއިރު މިދެބާވަތުގައި ވެސް 4.5ގ ޕްރޮޓިން ހިމެނޭ ކަމަށް މިދިރާސާގައި ބުނެއެވެ. އަދި ލޯފްޓް ކާނާއެއްގެ ގޮތުގައި މިދެބާވަތް ކަނޑައަޅާފައި ވެސް މިދިރާސާގައި ވެއެވެ.

މިދިރާސާގައި ބައިވެރި ސިއްޚީމާހިރުން ބުނާގޮތުގައި ބްރައުންރައިސްގައިވާ ގްލައިސެމިކް އިންޑެކްސް (ޖީ.އައި) ހުދުހަނޑުލަށްވުރެ ދަށެވެ. އާންމުގޮތެއްގައި 89 (ޖީ.އައި) އެކުލެވިގެންވާ ހުދުހަނޑުލުން ލޭގައިވާ ހަކުރު އަވަހަށް މަތިކޮށްދޭ އިރު 50ގ (ޖީ.އައި) ހިމެނޭ ބްރައުން ރައިސް އިންމީހާ އަވަސް އަވަަހަށް ބަނޑުހައިވުމުން ދުރުކޮށްދެއެވެ.