English Edition
Dhivehi Edition

ކެމްބޯޑިއާގެ ފްކާ ރަމްޑޫއޯލް ޖޭސްމިން ހަނޑުގެ ވައްތަރަށް ފަސް ވަނަ ފަހަރަށް “ދުނިޔޭގެ އެންމެ މޮޅު ހަނޑުލު” ގެ ތަށި ލިބުނުތާ މަހެއްހާ ދުވަސް ފަހުން ކެމްބޯޑިއާ އިން މިލްޑް ހަނޑޫ ރަސްމީކޮށް ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރަން ބޭނުންވާކަން ހާމަކޮށްފިއެވެ.

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 95.27 ކިލޯމީޓަރުގެ ގައުމީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ހޫން ސެން ވިދާޅުވީ އަންނަ މަހު ރާއްޖެ ވަޑައިގެން މިލްޑް ހަނޑޫ އެކްސްޕޯޓް ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ހުން ސެން ދިވެހިރާއްޖެއަށް ހަނޑޫ އެކްޕޯކުރުމުގެ މުހިންމުކަންވެސް ފާހަގަ ކުރިއެވެ.

ދިވެހިރާއްޖެއަކީ ހަނޑުލުގެ ދަތިކަން ހުންނަ ޤައުމަކަށްވާތީ، ފަތުރުވެރިކަމާއި، މިލްޑް ހަނޑޫ އެކްސްޕޯޓްކޮށްގެން ގުޅުން ބަދަހިކުރަން ބޭނުންވޭ. ރާއްޖެ އަކީ ކުޑަ ގައުމަކަށް ވިޔަސް ޓޫރިޒަމްގެ ސަބަބުން މިލްޑް ހަނޑޫ ޑިމާންޑް އޮންނާނެކަން ބެލެވެއެވެ.

ހުން ސެން ވިދާޅުވިއެވެ.

މީގެ އިތުރުން ޑިސެމްބަރު މަހު 26 ވަނަ ދުވަހު “ދަ ޕޯސްޓް” އަށް މައުލޫމާތު ދެއްވަމުން ބަޓަމްބަންގް ޕްރޮވިންސްގައި ހުންނަ ބޮޑު ރައިސް މިލަރެއް ކަމަށްވާ ސިޓީ ރައިސް އިމްޕޯޓް އެކްސްޕޯޓް ކޯ ލިމިޓެޑްގެ ގްރޫޕް ޕްރެޒިޑެންޓް އަދި ސީއީއޯ ލޭ ޗުން އަވަރ ވިދާޅުވަފައިވަނީ އެގައުމުގެ ހަނޑޫ ވީހާވެސް ގިނަ ގައުމުތަކަށް އެކްސްޕޯޓް ކުރަން ބޭނުންވާކަމަށެވެ.

މިވީހާތަނަވެސް ރާއްޖެއަށް ކެންބޯޑީއާއި މުދާ އެކްޕޯޓް ކުރުމަށްވަނީ އެތަށް ގިނަ ގުނަ މަސައްކަތް ތަކެއްކޮށްފައިވެއެވެ. މީގެ އިތުރުން ދިވެހި ވިޔާފާރި ވެރިންނަށްވެސް ކެންބޯޑީޔާގައި އިވެސް ކުރުމަށް ހުޅުވާލުމަށްވަނީ މަސައްކަތް ކޮށް އެތަށް ފަހަރެއްގެ މަތީން ދައުވުދީއެވެ. މިތާނަށް ރާއްޖޭގެ މާކެޓްއަށް ވަނުމަށް އެތަށް ގައުމު ތަކަކުން ދާނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން އިންޑޮނޭޝިއާ އަދި ޕާކިސްތާން ވަނީ މަސައްކަތް ކޮއްފައިއެވެ.

 

ޓެގު