English Edition
Dhivehi Edition

އިންސާނާގެ ނަފްސަށް ލިބޭ ވޭންތަކަށް ވުރެ ޖިސްމަށް ލިބޭ ޒަޚަމު ތަކަށް ފަރުވާ ހޯދުމަށް މާބޮޑަށްވެސް އަވަސް ވެގަނެވެ އެވެ. ކޮންމެ މީހަކުވެސް މަދުވެގެން އަހަރަކު އެއްފަހަރު ނަމަވެސް މުޅި ހަށިގަނޑުގެ މެޑިކަލް ޗެކެޕެއް ހަދާލާނެ އެވެ. އެހެނަސް ސިކުނޑިއަށް ކުރާ ބާރާއި ހިތަށް ލިބޭ ހިތްދަތި ކަމުގެ ޗެކަޕެއް ހަދާލުމަކީ އާއްމުކޮށް އެއްވެސް މީހަކު ކޮށް އުޅޭ ކަމެއް ނޫނެވެ.

ނަމަވެސް ނަފްސާނީ ގޮތުން ލިބޭ ވޭންތަކާއި ކެކުޅުންތައް ޖިސްމާނީ ގޮތުން ލިބޭ ޒަޚަމް ތަކަށް ވުރެ މާބޮޑެވެ. މިއީ ހަގީގަތެވެ. ކަންކަމުގައި ބާކީ ވުމާއި، އެކަނިވެރިކަން އެހްސާސް ވުމާއި، ނަފްސު ދެކެ ފޫހިވުމާއި، ކަންކަމުގައި ފެއިލް ވުން ފަދަ ކަންކަމުން ލިބޭ ވޭންތަކާއި ކެކުޅުންތައް މާބޮޑެވެ. އަދި މިފަދަ ވޭންތައް ހަޔާތުގެ ގިނަ ދުވަސް ތަކަކަށް ދިގު ދެމިގެން ދެއެވެ. މީގެ ސަބަބުން ޖިސްމާނީ ގޮތުން ކުރިމަތިވާ ބަލިތަކުން ސަލާމަތްވުމަށް މާބޮޑަށްވެސް އުނދަގޫ ވެއެވެ. ނަފުސާނީ ވޭންތަކަށް ކެތް ނުކުރެވޭ ނުރައްކާ ތެރި ހާލަތުގައި އަމިއްލަ ޖިސްމުގެ މުހިއްމުކަން ގެއްލި މަރުވުމަށްވެސް ބޭނުން ވެދެއެވެ.

އާއްމުގޮތެއްގައި ޖިސްމަށް ލިބޭ ގެއްލުން މިހާގެ ޝަޚްސިއްޔަތަށް ނުވަތަ ނަފްސަށް އަސަރު ކުރާނީ އޭގޭ ވަރަށް ނުރައްކާ ތެރި ހިސާބަކުން ނެވެ. ޖިސްމަށް ލިބޭ ގެއްލުން ފަސޭހަ ވުމުން އޭގެ ހަނދާންތައް އާއްމު ގޮތެއްގައި ނެތި ދާނެ އެވެ. އެހެނަސް ނަފްސަށް ލިބޭ ކުޑަ ވޭނަކުންވެސް އެކަން މުޅިއުމުރަށް ދިގުދެމިގެން ހިނގައި ދާނެ އެވެ.

މިސާލަކަށް ވަޒީފާގަ މާހައުލު ގައި ހަރުކަށި ވެރިންގެ ފަރާތުން ލިބޭ ކުރިމަތި ލުމުގެ ސަބަބުން އެއްވެސް ވަޒީފާއަކަށް ދާހިތް ނުވެދާނެ އެވެ. ނުވަތަ އެއްވެސް ވަޒީފައަކަށް ގާބިލް ނޫން ކަމަށް އިހްސާސް ކުރެވި އެކަމުގައި މުޅިއުމުރު އުޅެފާނެ އެވެ. ހަމަ އެއާއި އެކު ޅަފަތުގައި ސްކޫލު ދުވަސްވަރު ބުލީ ކުރެވޭނަމަ އެކުއްޖަކު ބޮޑުވެގެން މިއަންނަނީ ލަދު ރަކި ނުކެރޭ މީހެއްގެ ގޮތުގަ އެވެ. އަދި ނިހާޔަތަށް ލޯބިވާ މީހަކު ބޭވަފާ ތެރި ވެއްޖެނަމަ އެހެން މީހުންނަށް އުމުރު ދުވަހު އިތުބާރު ކުރުމަކީ ދުރު ކަމެކެވެ. އަބަދުވެސް މީހުންނާއި ކުރިމަތި ލުމަށް ނުރުހި އެކަނިވެރި ދިރިއުޅުމަކަށް ބަދަލު ވެދާފަހަރުވެސް ދިމާވެއެވެ.

ނަފްސަށްލިބޭ ވޭންތައް ހަނދާން ވުމުން އެކުރެވޭ އަސަރަކީ އެހާ ވޭން ދެނިވި ކަމެކެވެ.

ނަފްސާނީ ގޮތުން ލިބޭ ތަދުތަކުން ހަޔާތުގެ އުފާވެރި އެތަކެއް ހަފްލާތަކެއް މަހުރޫމު ކުރުވަފާނެ އެވެ. މިސާލަކަށް ލޯބިވެރިޔާ އެކު ލޮބްސްޓާ ކެއުމެއްގައި އުފަންދުވަސް ފާހަގަ ކޮށްލަން ވަރަށް ރޮމާންޓިކް މާހައުލެއްގައި ތިއްބާ ކުއްލިއަކަށް މިލިބެނީ މަންމަ ނިޔާ ވެއްޖެ ކަމުގެ ޚަބަރުގެ ފޯލް ކޯލެކެވެ. ވަގުތުން ހުރިހާ އުފަލެއް ކުދިކުދި ވެދިޔައީ އެވެ. އަދި ހަމަ މިއާއި އެކު އެފަދަ ރޮމާންޓިކް މާހައުލަކަށް އިތުރަށް ދުވަހަކުވެސް ޝާމިލް ނުވުމަކީ ވަރަށް ގާތް ކަމެކެވެ. ހަމަޔަގީނުންވެސް އެފަދަ ހަފްލާއެއްގައި ބައިވެރިވާ ކޮންމެ ފަހަރު އެހިތި އިހްސާސްތައް ސިކުނޑި ތެރޭ އެނބުރެން ފަށާނެއެވެ. އުފަލެއްގެ ޒައްރެއްގެ ރާހަތެއްވެސް ނުކޮށްފާނެ އެވެ.

އެހެން ނަމަވެސް ފުޓްބޯޅަ ކުޅެނިކޮށް ފައި ބިނދިއްޖެނަމަ އެވަގުތު ކުރެވޭ ތަދު ވަރަށް ބޮޑަށް އިހްސާސް ވާނެއެވެ. ނަމަވެސް ބޭސްކޮށް ރަނގަޅަށް ފަރުވާ ލިބުމުން ހަމަ އަލުން ކުޅުމަށް އެނބުރި އަންނާނެ އެވެ. ފައި ބިނދުނު ގޮތް ހަނދާނަށް އަންނާނެއެވެ. އެހެނަސް އެކަމަކާ މާބޮޑު ފިކުރެއް ނޮއޮންނާނެ އެވެ.

ހިނގާފައި ދިޔަ މީހެއްގެ ގައިގާ ކާރަކުން ޖެހުނީއެވެ. ބަލަން ހުރި ކޮންމެ މީހަކުވެސް ބާރަށް ހަޅޭ ލަވައި ގަންނާނެ ވީގޮތެއް ބަލައިލަން ދުވެފަ ދާނެއެވެ. އަދި މާބޮޑު ކަމެއް ނުވާނަ ހިތްހަމަ ޖައްސާލާނެ އެވެ. ނަމަވެސް މަގުމަތިން ބަޔަކު މީހަކު ބުލީ ކުރަމުން ދާނަމަ އަހަރުމެން އެކަކުވެސް އެކަމަކާ މާބޮޑު އަޅައެއް ނުލާނެ އެވެ. މިތަފާތު ކުރުމުގެ ސަބަބުން ގިނަބަޔަކު އެމީހުންގެ ހަޔާތާއި ހަނގުރާމަ ކުރުމަށް އެހީތެރިކަން ހޯދަނީ ކޮންމެވެސް މަސްތުވާ އެއްޗަކުން ނެވެ. ނޫނީ އަމިއްލަ ނަފްސަށް އަނިޔާ ކުރަނީ އެވެ. އެފަދަ މީހުން އެހެން މީހުންގެ ޖިންސީ ޝިކާރައަކަށް ވެއެވެ. އެންމެ ފަހުން ހަޔާތުގެ ހިތްދަތި ކަމުން ސަލާމަތް ކަން ހޯދުމަށް އަމިއްލަ ނަފްސު ކަތިލުމަށް ކުރިމަތި ލަނީއެވެ. މިފަދަ އެއްވެސް ކަމަކަށް ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން މިހަކު ކުރިމައްޗެއް ނުލާނެ އެވެ.

ނަފްސާނީ ގޮތުން ލިބިފައި ހުންނަ ވޭންތައް ސިކުނޑި ތެރޭ އެނބުރޭ ކޮންމެ ފަހަރަކު ރުޅިގަދަ ވެ ހާސްކަން އިތުރު ވެގެން ދާނެ އެވެ. ޔަގީންވާ ކަމަކީ ނަފްސާނި ގޮތުން ލިބޭ ގެއްލުމުގެ ފަހު މަރުހަލާ ނުރައްކާތެރި ސިއްޙީ ހާލަތަކަށްވެސް ބަދަލު ވެދާނެ ކަމެވެ. އޭގެ ތެރޭ ލޭމައްޗަށް ދިއުން، ހަކުރު ބަލި ޖެހުން، ކެންސަރު، ނޭވާލާ ނިޒާމުގެ ބަލި، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިވުން، ސިކުނޑީގެ ހަރަކާތް ބަދަލުވެ ދިއުން އަދި މިފަދަ ކިތައްމެ ސިއްހީ ހާލަތެއް މެދުވެރި ކުރުވަފާނެ އެވެ.

މިހުރިހާ ކަމަކުން ލިބިގަންނަން ޖެހޭ ފިލާވަޅަކީ: ޖިސްމާނީ ގޮތުން ލިބޭ އަނިޔާއަށް ދެވޭ އަޅާލުން ނަފްސާނީ ސިއްޙަތަށްވެސް ދިނުމެވެ. ނުވަތަ އެއަށް ވުރެ ބޮޑަށް ދިނުމެވެ.

ދިރާސާ ކުރާފަރާތް ތަކުންވެސް މިހާރު ވަނީ ނަފްސާނީ ތަދަކީ މާބޮޑަށްވެސް ވޭން ދެނިވި ކަމެއްގެ ގޮތުގައި އެމީހުންގެ ހޯދުން ތަކުން ޔަގިން ކޮށްފައެވެ.

ސިކުނޑީގެ ހަރަކާތްތައް ދެނެގަތުމަށް އެންމެ ފަހުން އީޖާދު ކުރެވުނު ސްކޭނަރުން އެނގޭ ގޮތުގައި ޖިސްމާނީ އަނިޔާތަކުންވެސް ނަފްސު ވޭންތަކެއް ތަހައްމަލު ކުރައެވެ. އެއުސޫލުން ބަލާއިރު ބައެއް ޒަޚަމް ތަކަކީ ދާއިމަށް އޭގެ ވޭން ލިބޭފަދަ ޒަޚަމް ތަކެކެވެ. މީގެ ސަބަބުން ހިތް ކުދިކުދި ވެގެން ދާ އަނިޔާތައްވެސް މަދެއް ނޫނެވެ. ނަފްސުގެ ވޭންތައް އެކިމީހުންނަށް އަސަރު ކުރާނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުންނަށް ދެބައެއްގެ އޮންނަ ގުޅުން ކެނޑުނީމަ އެލިބޭ ހިތްދަތިކަން ވަރަށް ބޮޑެވެ. ނުވަތަ ނަފްސު ކަތިލާ ލުމުން އޭގެ އަސަރު މުޅި ހަޔާތައް ކުރައެވެ.

ކޮންމެ އަކަސް އެންމެ ހިތްކިޔާ އަދި އެންމެ ލޯބިވާ މީހާ ބީވެގެން ދިއުމަކީ ކެތްނުކުރެވޭ ފަދަ ހިތާމަތަކާއި ވޭންތައް އަޅާކަމަކެވެ. ފައިގެ ފުންނާބު ހަލާކުވެފަ ހުރި ކަމުގައި ވިޔަސް ހިނގާފަ ބޭނުން މަންޒިލަކަށް ދާނެ އެވެ. ނަމަވެސް ތަދު އިހްސާސް ވާނެއެވެ. އެއީ ސިއްޙަތައް ނުރައްކާ ކުރުވަފާނެ ނިޝާނެކެވެ. ހަމަ އެބީދައިން ނަފްސަށް ލިބޭ މިފަދަ ކުދި ވޭންތަކަކީ ހިތް ކެތް ނުކުރެވޭ ވޭން ތަކަކަށް ވުމުގެ ނިޝާނެވެ. “އެއްވެސް ހާލެއްގައި އެފަދަ ފިރިހެނެކާ ދެވަނަ ފަހަރަށް ގާތް ނުވާށެވ” ، “އެޒާތުގެ އަންހެނަކާ އެއްގޮތަކަށްވެސް ހަތަރު ކަޅިވެސް ހަމަ ނުކުރާށެވެ.”

ކަންމިހެން ހުރިނަމަވެސް ޖިސްމަށް ލިބޭ އަނިޔާއަކީވެސް ދިގުދެމިގެން ހިނގައިދާނެ އަނިޔާއަކަށް ވެދާނެ އެވެ. ނަމަވެސް ދިރާސާ ތަކުން ހާމަވާ ގޮތުގައި ނަފްސަށް ދެވޭ އަނިޔާގެ ޒަޚަމްތަކަށް ފަރުވާއެއް ނެތެވެ. ބޭހެއް ނެތެވެ. ނަފްސަށް ލިބޭ އަނިޔާތަކުން ދުރުހެލިވާށެވެ. އަންހެނެއް ކަމުގައި ވިޔަސް މެއެވެ. އަދި ފިރިހެނެއް ކަމުގައި ވިޔަސް މެއެވެ.