English Edition
Dhivehi Edition

ކާރު ދުއްވަންހުރެ ފޯނު ބޭނުންކުރި މައްސަލައެއްގައި ކުރިން މެންޗެސްޓަ ޔުނައިޓެޑް އަދި ރިއަލްމެޑްރިޑްއަށް ކުޅުނު އިނގިރޭސި ވިކާތުގެ ޑޭވިޑް ބެކަމްގެ ލައިސެންސް ހަމަސް ދުވަހަށް ހިފަހައްޓައި އޭނާ ކާރު ދުއްވުން މަނާކޮށްފިއެވެ.

އިންގްލޭންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ކާރުދުއްވުން މަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 21 ވަނަ ދުވަހު އޭނާގެ އަގު ބޮޑު ބެންޓްލޭއެއްގައި ފޯނު ބޭނުން ކުރަމުން ދަނިކޮށް ލަންޑަންގެ މެދުތެރެއިން އަތުލައިގެންނެވެ. މިމައްސަލާގައި ކޯޓުން ވަނީ ޑޭވިޑް ބެކަމް ހަމަސް ދުވަހުގެ މުއްދަތަކަށް ކާރު ދުއްވުންވަނީ މަނާކޮށް އޭނާ 750 ޕައުންޑުން ޖޫރުމަނާކޮށްފައެވެ.

ބްރޮމްލޭ މެޖިސްޓްރޭޓް ކޯޓުގައި އޮތް މިމައްސަލާގައި އަޑުއެހުން ބާއްވާފައިވަނީ ބެކަމް ޗައިނާގައި އޮތް ޕްރެސް ކޮންފެރެންސްއަކަށް ދިޔަތާ 24 ގަޑިއިރު ފަހުންނެވެ.މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުރިން ކުޅެދިން ބެކަމް މިމައްސަލާގައި އަތުލައިގެންފައިވަނީ ބާރު ސްޕީޑްގައި ދުއްވި މައްސަލައަކުން ސަލާމަތްވިތާ ދެމަސްފަހުންނެވެ.

މީގެ ކުރިން ވެސް ޓްރެފިކް މައްސަލަތަކުގައި އެކި ފަހަރު މަތިން ބެކަމް އާއި ސުވާލުކޮށްފައިވާއިރު މިދިޔަ އަހަރުގެ 23 ޖެނުއަރީގައި ބާރު ސްޕީޑްގައި ދުއްވާފައިދަިކޮށް ބެކަމް އަތުލައިގެންފައެވެ.އެހެން ނަމަވެސް އެއަހަރުގެ ސެޕްޓެމްބަރގައި ޑިސްޓްރިކްޓް ޖަޖުވަނީ މިދަޢުވާތަށްވަނީ ބާޠިލްކޮށްފައެވެ.