ދިވެހިންގެ މަގްބޫލް ކްލިނިކް ސަމްރަކްޝްޔާ އަޔުރް ވައިދްޔާ ނިލަޔަމް އަކީ އިންޑިއާގެ ޓްރިވެންޑްރަމް ގައި ހުންނަ އަޔުރ ވެދިކް ކްލިނިކެކެވެ.
ދިވެހިން ބޭސްފަރުވާ އަށް އެންމެ ގިނައިން ގޮސްއުޅޭ މެޑިކަލް ކޮލެޖްގެ މަހާމަހަލް ޝޮޕިންގ ކޮމްޕްލެކްސްގެ ގްރައުންޑް ފޮލޯގައި ހުންނަ މި ކްލިނިކް މިހާރު ވަނީ އިންޑާގެ ކަންނަމޫލާ ޕީއެމްޖީ ރޯޑަށް ބަދަލުވެފައެވެ. އެއީ ޓްރިވެންޑްރަމްގެ ކަންނަމޫލާ ޖަންގްޝަން ކައިރިއެވެ. މި ހިސާބަށް މެޑިކަލް ކޮލްޖް ހިސާބުން 3 މިނެޓުން ދެވެއެވެ.
މި ކްލިނިކްގައި ދޭ ފަރުވާތަކުގެ ތެރޭގައި، އީއެންޓީ، ތައިރޯޑް، ދަރިމައިނުވުމުގެ މައްސަލަތައް، ކިޑްނީ ހިލަ،ޕަލިއޭޓިވް ކެއަރ(ފަސޭހަނުވެ ދުވަސްވެފައިވާ ފާރު ރަނަގަޅުކުރުން)އާންމު ބަލިތައް، ހަޖަމްގެ ނިޒަމުގެ ބަލިތައް، ޑިޕްރެޝަން، އެންޒައިޓީ،ސްޓްރެސް، އައިސޮމޭނިއާ، ހަމުގެ އަދި އިސްތަށިފޭބުން، އަންހެނުން ނަށްދިމާވާ މައްސަލަތައް، ނޭވާހިއްލުމުގެ މައްސަލަތައް، އެލާޖިކް، ފުރަގަސްފަރާތުގެ އަދި ހިތުގެ ބަލިތައް ހިމެނެއެވެ.
ސަމްރަކްޝްޔާ އަޔުރް ވައިދްޔާ ނިލަޔަމްގެ ސީނިއާ ޑރ. ހަރީ “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކްލިނިކް ވުޖޫދަށް ގެނައީ މީގެ 5 އަހަރު ކުރިން އަޔުރްވެދިކް ފަސް ޑޮކްޓަރުން ގުޅިިގެން ކަމަށެވެ. ހަރީ ބުނިގޮތުގައި އަބަދުވެސް މިކްލިކް ގެ އަމާޒާކީ އިންޑިޔާގެ ރައްޔިތުންގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގުދުރަތީ ފަރުވާ ދިނުމެވެ. އަދި މިކްލިނިކް ގެއަމާޒަކީ ފަރުވާ ހޯދާ ކޮންމެ ރައްޔިތަކަށް އެމީހެއްގެ ބަލިން މުޅިން ފަސޭހަވެ އެތަނުގެ ހިދުމަތުގެ އަގު ވަޒަން ކުރެވޭނެ ފަދަ ހިދުމަތެއް ދެވޭ ތަނެއްކަމުގައި ހެދުމެވެ.
“އަހަރެމެން ގެ އިތުރު ދެ އަޔުރވެދާ ކްލިނިކް މިހާރުވެސް އިންޑިއާގެ ދެ ސަރަހައްދެއް ގައި ހުންނާނެ، އެހެން ނަމަވެސް ކުރިއަށް އޮތް ތާނގައި އަހަރެމެން ބޭނުން ވޭ އިންޑިއާ ނޫން އެހެން ގައުމުތަކުގައި ވެސް ސަމްރަކްޝްޔާ ގެ އިތުރު ކްލިނިކެއް ހުޅުވަން” ޑރ. ހަރީ އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުންޏެވެ.
ސަމްރަކްޝްޔާ އަޔުރް ވައިދްޔާ ނިލަޔަމް ކްލިނިކަކީ އެތަނުގައި ދެވޭ ހުރިހާ ފަރުވާއެއްވެސް ކަސްޓަމަރުން ހިތްހަމަޖޭހޭ އަގުތަކެއްގައި ފޯރުކޮށްދޭތަނެކެވެ.