ދިރިއުޅުމުގެ ވައްޓަފާޅި އާ ގުޅިފައިވާ ބަލިތައް ބިނާވެފައިވަނީ އިންސާނާގެ އާންމު ދިރިއުޅުމުގެ އާދަކާދަ ތަކާއެވެ. އިންސާނާ ކަންނެތް ކުރުވާ މިފަދަ އާދަކާދައިގެ ސަބަބުން އިންސާނާ ވެއްޓިގެންދަނީ ދިގުމުއްދަތަކަށް ދެމިގެންދާ ގައިން ގަޔަށްނާރާ ބަލިތަކުގެ ތެރެއަށެވެ.
މިފަދަ ބަލިތަކުގެތެރޭގައި ހިމެނެނީ، ހިތުގެބަލި،ސްޓްރޯކް، އޮބެސިޓީ، ޓައިޕް2 ޑައިބެޓީސް އެވެ. ހަކުރުބައްޔޭ މިކިޔަނީ ލޭގެތެރޭގައި ހުންނަންވާ މިންވަރަށްވުރެ މައްޗަށް ހަކުރު ހުރުމުންނެވެ. ލަފާ ކުރެވޭގޮތުގައި ދުނިޔޭގައި މިވަގުތު 425 މިލިއަން މީހުންދަނީ މި ބައްޔާ ހަނގުރާމަ ކުރަމުންނެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ހަކުރުބަލީގެ 18400 ކޭސް ވަނީ ރާއްޖޭގައި އެކަނިވެސް ރަޖިސްޓްރީ ކުރެވިފައވެ.
ދިރާސާތަކުން ދައްކާގޮތުގައި ހަކުރު ބައްޔަށް މަގުފަހި ކުރުވާ މައިގަނޑު ދެ އެއްޗަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރާބުއިމެވެ. ކޮންމެ ދެމީހަކުން އެކަކު މިބަލީގެ ޝިކާރަ އަަކަށް ވެފައިވާއިރު 4 މިލިއަން މީހުން މިބަލީގައި މިހާތަނަށް މަރުވެފައި ވެއެވެ.
ހަކުރު ބައްޔަށް މަގުފަހި ކުރާކަންތައްތައް:
– ހަރަކާތްތެރިވެ ނޫޅުމާއި ބަރުދަން އިތުރުވުން
– އާއިލީގޮތުން ވާރުތަކުރުން
– ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން
– ލޭގެ ޕްރެޝަރ މަތިވުން
– ބައެއްކަހަލަ ޑޮކްޓަރީ ބޭހުގެ ސަބަބުން
– POS ހުންނަ އަންހެނުނުްނަށް ވެސް ހަކުރު ބަލިޖެހުމުގެ ފުރުސަތު އޮވޭ
ބަލީގެ އަލާމާތްތައް:
– އާދަޔާހިލާފަށް ކަރުހިއްކުން
– ގިނަގިނައިން ކުޑަކަމުދެވުން
– އާދަޔާހިލާފަށް ބަނޑުހައިވުން
– ޒަހަމްތައް ފަސޭހަނުވެ ލަސްވުން
– ހިރުގަނޑުގެ ނުވަތަ ހަމުގެ އިންފެކްށަން އާއްމުވުން
އެކިމީހުންނަށް ބަލީގެ އަލާމާތް ތަފާތު ކޮށްފެނިދާނެއެވެ. އަދި މި އަލާމާތްތަށް ލަސްލަހުން ފާޅުވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން މިފަދަ އަލާމާތްތަކަށް އަޅާނުލާ ދޫކޮށްލުމަކީވެސް މީހާގެ ހާލަތު އިތުރަށް ގޯސްވެ ހަކުރުބަލީގެ ސަބަބުން ހަށިގަނޑު މިބަލީގެ ތެރެއަށް ގޮސް މީހާގެ ފުރާނައަށް ނުރައްކާ ވާހިސާބަށް ގޮސްދާނެ ކަމެކެވެ.
ހަކުރު ބަލީގެ މީހުންނަށް އަޔުރްވެދާގެ ރޯލު:
ހަށިގަނޑު ހެދިބޮޑުވުމަށް ނޫނީ ދުޅަހެޔޮކޮށް ބެހެއްޓުމުގެ ރޯލް ނުވަތަ”މެޓަބޮލިޒަމް” އަކީ ހަކުރުބަލި ޖެހުމުގެ އެންމެ ބޮޑުއެއްސަބަބު ކަމަށް ވާއިރު، އަޔުރްވެދާގެ އަސާސަކީވެސް މި “މެޓަބޮލިޒަމް” ދުޅަހެޔޮކޮށް ދެމެހެއްޓުމެވެ. އަޔުރްވެދާގައި ހަކުރުބައްޔަށް ނަންދެވިފައިވަނީ “ޕްރަމެހާ” ގެ ނަމުންނެވެ. އިންސާނާގެ ހަށިގަނޑަށް ތަފާތު ބަދަލު ތަކެއް ގެނެސް މިބަދަލް ތަކަށް ފަރުވާކުރުން ބިނާވެގެންވަނީ މިބަލީގައި އެމިހާ ހުރި ސްޓޭޖަކަށް ބަލާފައެވެ.
ފުރަތަމަ ސްޓޭޖްގައި ފަރުވާދިނުމުގައި ހަށިގަނޑުގެ ބަރުދަނާއި މެޓަބޮލިޒަމް އަށް އަމާޒު ކުރެވިފައިވާއިރު ދެވަނަ ސްޓޭޖްގައި އަމާޒް ކުރެވިަފއިވަނީ”ދަރަ” އަށެވެ. އަދި ތިންވަނަ ސްޓޭޖްގައި ހަށިގަނޑަށް ބޭނުންވާ ހާއްސަ ފަރުވާ ދިނުމަށް ހަމަޖެހިފައި ވެއެވެ.
-
-
-
ސަމްރަކްޝްޔާ އަޔުރް ވައިދްޔާ ނިލަޔަމް އަކީ އިންޑިއާގެ ޓްރިވެންޑްރަމް ގައި ހުންނަ އަޔުރ ވެދިކް ކްލިނިކެކެވެ. ދިވެހިން ބޭސްފަރުވާ އަށް އެންމެ ގިނައިން ގޮސްއުޅޭ މެޑިކަލް ކޮލެޖްގެ މަހާމަހަލް ޝޮޕިންގ ކޮމްޕްލެކްސްގެ ގްރައުންޑް ފޮލޯގައި ހުންނަ މި ކްލިނިކްގައި ތަޖުރިބާކާރު ހަތަރު ޑޮކްޓަރުން މަސައްކަތް ކުރެއެވެ.
-
މިކްލިނިކްގައި ދޭ ފަރުވާތަކުގެ ތެރޭގައި، އީއެންޓީ، ތައިރޮއިޑް، ދަރިމައިނުވުމުގެ މައްސަލަތައް، ކިޑްނީ ހިލަ،ޕަލިއޭޓިވް ކެއަރ(ފަސޭހަނުވެ ދުވަސްވެފައިވާ ފާރު ރަނަގަޅުކުރުން)އާންމު ބަލިތައް، ހަޖަމްގެ ނިޒާމުގެ ބަލިތައް، ޑިޕްރެޝަން، އެންޒައިޓީ،ސްޓްރެސް، އިންސޮމްނިއާ، ހަމުގެ އަދި އިސްތަށިފޭބުން، އަންހެނުން ނަށްދިމާވާ މައްސަލަތައް، ނޭވާހިއްލުމުގެ މައްސަލަތައް، އެލާޖީ، ފުރަގަސްފަރާތުގެ އަދި ހިތުގެ ބަލިތައް ހިމެނެއެވެ.
- މައުލޫމާތު: ޑޮކްޓަރ އާތިރާ ސީ (ފިޒިޝަން)