English Edition
Dhivehi Edition
ނަވާރަ ވަނަ މަޖްލިހުގެ ސުޕަރ މެޖޯރިޓީ ލިބުމުން އެމްޑީޕީން އުފާ ފާޅުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރެއްވުން 28 މޭ 2019 ވާ އަންގާރަ ދުވަހުގައި ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގައިވާ ގޮތުގެމަތިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި ހުވާ ކުރެއްވުން އޮންނާނީ އަންމަހު 28 ވާ އަންގާރަ ދުވަހުގެ ރޭ 9:30 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.

ހުވާކުރެއްވުމަށްފަހު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނެއެވެ. ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސިޔާމް މުޙައްމަދެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރައްވަންޖެހޭ މަޖިލީހުގެ މެންބަރުކަމުގެ ޤާނޫނީ ހުވައިކުރުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 208 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވަންޖެހޭ ކަމެއްކަމުގައި ކަނޑައަޅާފައިވުމާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވުމާގުޅޭ ކަންކަން މިހާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދަނީ އިންތިޒާމުކުރަމުން ކަމަށް އެ އިދަރާއިން ހާމަކުރެއެވެ.

19 ވަނަ މަޖިލިހުގެ ސުޕަމެޖޯރިޓީ ނަގާފައިވަނީ ސަރުކާރު ހިންގާ ޕާރޓީ އެމްޑީޕީންނެވެ.