English Edition
Dhivehi Edition

19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރި މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން މަރުހަބާ ކިޔައި ސިޓީ ފޮނުއްވައިފި އެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އިންތިހާބުވި ކޮންމެ މެމްބަރަކަށް ވަކިވަކިން ސިޓީ ފުޅެއް ފޮނުއްވައިފަ އެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ނަވާރަ ވަނަ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން އިހްލާސްތެރިކަމާ އެކު ތަހުނިޔާ އާއި މުބާރިކު ބާދީ ދަންނަވާ ކަމަށެވެ. އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ މަޖިލީހަށް އަަލަށް އިންތިހާބުވި މެމްބަރުން ހުވާ ކުރެއްވުން މޭ މަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށާއި މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމާ ގުޅޭ ކަންކަން މިހާރު އިންތިޒާމު ކުރަމުން ދާ ކަމަށެވެ. އަދި އެ ރަސްމިއްޔާތާ ގުޅޭ ތަފްސީލު އިންތިހާބުވި މެމްބަރުންނަށް އަރުއްވަމުން ގެންދަވާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 208 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން އަލަށް އިންތިހާބުވި މެމްބަރުން ހުވައި ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބް ބޭއްވީ މިމަހު 6 ވަނަ ދުވަހުއެވެ.