English Edition
Dhivehi Edition

އެސްޓިީއޯގެ ބޭނުމަކީ ކުދި ވިޔަފާރިތައް ބޮޑެތި ވިޔަފާރިތަކަށް ބަދަލުވެގެން އަންނަ ތަން ދެކުން ކަމަށް އެސްޓީއޯ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގެ އިލެކްޓްރޯނިކްސް ފިހާރަ ބަންދުކޮށްލީ ކުދި ވިޔަފާރިތަކަށް އޭގެއިން އަސަރުކުރާތީ އެ ފިހާރަތަކާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ކަމަށާއި އެސްޓިީއޯގެ ބޭނުމަކީ ކުދި ވިޔަފާރިތައް ބޮޑެތި ވިޔަފާރިތަކަށް ބަދަލުވެގެން އަންނަ ތަން ދެކުންކަމަށެވެ. އަދި އެސްޓީއޯގެ ސަބަބުން ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އަލަށް ފަށައިގަންނަ ވިޔަފާރިތަށް ހުއްޓެން ބޭނުން ނުވާކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ހަތަރު ކުއާރޓާގައި ވެސް އެކުންފުންޏަށް ފާއިދާތަކެއް ވެފައިވާއިރު ފުރަތަމަ ކުއާޓަރުގައި 46 މިލިއަން ރުފިޔާގެ ފައިދާ، ދެވަނަ އަދި ތިން ވަނަ ކުއާޓާރގައި 47 މިލިއަން ރުފިޔާ، މީގެ އިތުރުން ހަތަރުވަނަ ކުއާޓާރގައި 65 މިލިއަން ރުފިޔާގެ ފާއިދާ ވަނީ ވެފައެވެ.

ޓެގު