English Edition
Dhivehi Edition

ރާއްޖޭގެ ގިނަ ބަޔަކު ބޭސްފަރުވާ އަށްދާ އަދި އެކި ބޭނުންތަކުގައި އޫޅޭ ސްރީލަންކާ ގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 4 ފުލުހަކާއި އާންމުންގެ 187 މީހުން މަރުވެފައިވާކަމަށް ކާމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.މައުލޫމާތު ލިބޭ ގޮތުގައި، ނޮގޭގޮޑައިގައި ދިން ހަމަލާގައި ވަނީ އެއް ފުލުހަކު މަރުވެފައެވެ. އަދި މެންދުރު ދެހިވަލައިގަ ދިން ހަމަލާގައި ވަނީ 3 ފުލުހަކު މަރުވެފައެވެ.

ކޮލޮމްބޯގެ ދެ ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން ބޮމުގެ މި ހަމަލާތަކުގައި މިހާތަނަށް އެތަކެއް ސަތޭކަ މީހުން ޒަހަމްވެފައިވެއެވެ. ބޮން ގޮއްވާލާފައި ވަނީ މިއަދު ހެނދުނު ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށް ކޮލޮމްބޯގައި ދެ ފައްޅީގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ތިން ހޮޓަލަކަށް ވެސް ބޮމުގެ ހަމަލާތަކެއް ވަނީ ދީފަ އެވެ. މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވެއެވެ.

މި ހާދިސާތަކާ ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ކިޔަވައިދޭ ގިނަ ތަންތަން ވަނީ ބަންދުކޮށްފައެވެ.އެގޮތުން މުއްދަތެއް ނެތް ގޮތަށް ލަންކާ ސަރުކާރުގެ ކޮލެޖްތައް ބަންދު ކޮށްފައިވެއެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ސުކޫލުތައް ވެސް ބަންދު ކޮށްފައިވެއެވެ. އަދި ކޮލެޖް ޔުނިވާސިޓީ ތަކުގެ އިމްތިހާނުތައް ވެސް ފަސްކޮށްފައެވެ.

ޓެގު