އެކުގައި ލޯބިން އުޅެމުން އަންނަ އަނބިމީހާއާ ވާހަކަ ނުދައްކައި ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ފަހަރެއްގައި ރުޅިއައިސްގެން، ހިތްހަމަ ނުޖެހިގެން އެވަގުތު ވާހަކަ ނުދައްކައި ހުރެފާނެއެވެ. އެހެންނޫނީ އެ އަންނަ ރުޅި ދިގުލައި އެންމެފަހުން ވަރިކުރާނީއެވެ. ކޮންމެވެސް ކޮޅެއްގައި ޖެހެންވާނެތާއެވެ.
މިއީވެސް މަޖާ ވާހަކަކެވެ. ޖަޕާނުގެ ފިރިހެނަކު އޭނާގެ އަނބިމިހާއާ ވާހަކަ ނުދައްކާތާ 20 އަހަރު ފަހުން ވާހަކަ ދައްކައިފިއެވެ. އޭނާގެ އަންހުންނާ ވާހަކަ ނުދައްކައި ހުއްޓައިލީ ބޮޑު މައްސަލައެއް ޖެހިގެނެއްވެސް ނޫނެވެ. ހަމަ އޭނާ އަމިއްލައަށް ހިތްހަމަ ނުޖެހިގެން ހުއްޓައިލީއެވެ.
ތިން ކުދިންގެ ބައްޕައެއް ކަމަށްވާ އޯޓޯ އެނާގެ އާއިލާއާ އެކުގައި ދިރިއުޅެމުން ދިޔައީ ހަމަޖެހިގެންނެވެ. އެނާގެ ކުދިންނާއި އެނާ އާންމުކޮށް ވާހަކަ ދައްކާ އުސޫލުން ވާހަކަ ދައްކައެވެ. ނަމަވެސް އެނާގެ އަނބިމީހާ، ކަޓަޔާމާ ޔުމީ އަކާ އަނގައިންވެސް ނުބުނެއެވެ.
އޭނާގެ އަނބިމީހާ އެނާ އާ ވާހަކަ ދެއްކުމުން ބޯޖަހާލަނީއެވެ. ނުވަތަ ނުރުހުން ފާޅުކުރަން ރުޅިވެރި ގޮތަކަށް ގިސްލަނީއެވެ.
އެނާ މިގޮތަށް އަމަލުކުރީ ކީއްވެތޯ ސުވާލު ކުރުމުން އެނާ އެންމެ ފަހުން ބުނެފައިވަނީ އެނާގެ އަންހެނުން އެދެމީހުންގެ ކުދިންނަށް މާ ބޮޑަށް އަޅާލާތީ ހަސަދަވެރިވީ ކަމަށެވެ.
މި އާދަޔާ ޚިލާފުކަން ދުނިޔެއަށް ހާމަވި ގޮތަކީ، އެ ދެމީހުން 18 އަހަރުގެ ދަރިފުޅު ޓީވީ ޝޯއަކަށް އެނާގެ މައިން ބަފައި ސުލްހަ ކޮށްދިނުމަށް އެދި ލިއުމުންނެވެ.
ޔޯޝިކީ ބުނެފައިވާ ގޮތުގައި އެނާގެ އުމުރުގެ އެއްވެސް ހިސާބެއްގައި އެނާގެ މައިން ބަފައިން ވާހަކަ ދެއްކި ތަނެއްވެސް އައްޑެއްވެސް ނުއަހާ ކަމަށެވެ. އެނާ ކިޔައިދިން ގޮތުގައި އެނާގެ ބައްޕަ އެނާގެ މަންމައަކާ ދުވަހަކުވެސް ވާހަކަ ނުދައްކައެވެ. ނަމަވެސް މަންމަ އާންމު އުސޫލުން ބަރާބަށް ވާހަކަ ދައްކައެވެ. ދެމީހުން ދެމެދުގައި އޮންނަނީ އެއްފަޅިއަށް އޮންނަ ވާހަކަ ދެއްކުމެކެވެ.
އެ ދެމީހުންގެ ދެން ތިބީ 21 އަހަރުގެ އަންހެން ކުއްޖަކާ 25 އަހަރުގެ ކުއްޖެކެވެ. މައިންބަފައިން ވާހަކަ ދެއްކި ހަނދާނެއް އެ ދެކުދިންވެސް ނެތެވެ. މި ގޮތަށް ވާހަކަ ނުދެއްކި ސަބަބު އޯޓޯ ހާމަ ކުރީ އެ ޓީވީ ޝޯގައެވެ. އެނާ ބުނިގޮތުގައި އެނާގެ އަނބިމީހާ އޭނާއާ އަޅާނުލާހެން ހީވުމުން ވާހަކަ ދެއްކުން ހުއްޓައިލީއެވެ. ދެން އެނބުރި ދިއުމެއް ނެތްކަމަށް އޭނާ ބުންޏެވެ.
އެ ޝޯއިން އެ ދެމީހުން ވާހަކަ ދެއްކުމަށް ރޭވުމެއް ރާވައިލިއެވެ. އެއީ އެދެމީހުން އެންމެ ފުރަތަމަ ރައްޓެހިވެގެން ދިޔަ ޕާކުގައި ބައްދަލު ކުރުމަށެވެ. މި ހާލަތުގައި ކަން ނިޔާކުރި ގޮތުން އެ ދެމީހުން ވާހަކަ ދެކެވެން ފެށުނެވެ. އެކުގައި ޕާކުގައި އިށީނދެގެން ތިބެގެން އެންމެ ފަހުން އޯޓޯ އެނާގެ ގޮތްދޫކުރިއެވެ.
އެކުދިން ރޮމުން ބަލަން ތިއްބާ އޯޓޯ ބުނެފައިވަނީ ދެމީހުންނަށް މާގިނައިރު ކޮންމެވެސް ގޮތަކަށް ވާހަކަ ނުދައްކާ ތިބެވިއްޖެ ކަމަށެވެ. އެނާ އަނބިމިހާއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ވަރަށް ދަތި އުނދަގުލާ ދިމާވެ ތަހައްމަލް ކޮށްފައިވާކަން އެނގޭ ކަމަށާއި އަދި އެނާގެ އަނބިމީހާގެ ހުރިހާ ޚިދުމަތަކާ މެދު އުފާވާ ކަމަށެވެ.
އެ ދެމީހުން ވަނީ ކުރިއަށް އޮތްތާގައި އެހާ އަޑުމަޑު ނުވާނެ ކަމަށް ވަޢުދު ވެފައެވެ.