English Edition
Dhivehi Edition

ހުޅުމީދޫގެ ސ.އަތޮޅު މަދަރުސާގެ 36 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފިއެވެ. ކޮންމެ އަހަރެއްގެ އޭޕުރީލް މަހު 15 ވަނަ ދުވަހުގައި މި ދުވަސް ފާހަގަ ކުރަނީ މަދަރުސާ ބިނާވެގެން އައި ގޮތް ހަނދާން ކުރުމަށާއި، އަހަރުން އަހަރަށް މަދަރުސާ އަށް އަންނަ ބަދަލުތަކަށް އަލި އެޅުވުމުގެ ގޮތުންނެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޚާއްސަ އެސެމްބުލީގައި މަދަރުސާއަށް އެންމެ ގިނަ އަހަރުތަކަށް ޙިދުމަތް ކޮށްދީފައިވާ މުވައްޒަފުނަށް މަދަރުސާގެ ޕުރިންސިޕަލް އާމިނަތު ޒީނިޔާ ވަނީ ސެޓުފިކެޓު ހަވާލުކޮށްދެއްވާފައެވެ. އެއަށްފަހު ސ.އަތޮޅު މަދަރުސާ ފެށިގެން އައި ގޮތާއި އެންމެ ބޮޑަށް މަދަރުސާ އަށް ކުރި އެރުން ލިބިގެން ދިޔަ ގޮތާއި އެކަމަށް މެދުވެރިވި ބައެއް ފަރާތްތަކުގެ ނަން ވިދާޅުވެދެއްވިއެވެ.

ޕްރިންސިޕަލް ޒީނިޔާގެ ވާހަކަފުޅަށްފަހު އަހަރީ ދުވަހުގެ ކޭކު ފެޅުމުގެ ޝަރަފް މިއަހަރު ލިބިގެންދިޔައީ މަދަރުސާގެ އެންމެ މަތީ މަގާމުގެ 3 ދަރިވަރުންނަށެވެ. މިގޮތުން ކޮންމެ ކްލާހަކަށް ކޭކެއް އަޅާފައިވާއިރު، ހުރިހާ ދަރިވަރުންނާ މުވައްޒަފުންނަށް ކޭކް ލިބިގެންދިޔައެވެ.

1983 ގައި ހުޅުމީދޫގެ ދަރީންނަށް ޢިލްމު އުނގަންނައި ދިނުމަށްޓަކައި ހުޅުވުނު ސ.އަތޮޅު މަދަރުސާއަކީ މިހާރު ގްރޭޑު 7-12 އަށް ކިޔަވައިދޭ، މުޅި ރާއްޖެއަށްވެސް ފާހަގަކޮށްލެވޭ މަދަރުސާއެކެވެ.