English Edition
Dhivehi Edition

ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރާ، ސަލްމާން ހާންގެ ފިލްމު “ބާރަތު”ގައި ސަލްމާން ޚާން ހުންނާނެ ގޮތުގެ ފޮޓޯއެއް ފިލްމުގެ ޓީމުން އާންމުކޮށްފިއެވެ

އަލީ އައްބާސް ޒަފަރުގެ “ބާރަތު” ގައި ސަލްމާން ހުންނާނެ ގޮތުގެ ފޮޓޯއެއް އާއްމުކޮށްފައިވާއިރު މި ފިލްމުގެ ޓްރެއިލާ މި މަހުގެ 24 ވަނަ ދުވަހު ދައްކާލުމަށް ފިލްމުގެ ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ. މިހާރު އާންމުކޮށްފައިވާ މި ފިލްމުގެ ޕޯސްޓަރުން ފެންނަނީ ސަލްމާން ދެބައި އުމުރަށް ވުރެ ދުވަސްވެ ބޮލާއި ތުނބުޅީގެ އިސްތަށި ނުރަވެފައިވާ މީހެއްގެ ގޮތުގައެވެ.މި ފިލްމުގައި އިންޑިއާއަށް މިނިވަންކަން ލިބުނު ދުވަސްވަރުން ފެށިގެން ސަލްމާންގެ ހަޔާތުގައި ހިނގާފައިވާ މުހިއްމު ކަންތައްތައް ފެނިގެންދާއިރު ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރުކުރަމުންނެވެ

މި ފިލްމަކީ ސަލްމާން ވަރަށް ޒުވާން ދުވަސްވަރުން ފެށިގެން އުމުރުން ދުވަސްވީ މީހެއްގެ ރޯލުން ފެނިގެންދާއިރު، މި ފިލްމުގައި އޭނަ އާއި އެކު ފެނިގެންދާނީ ކެޓްރީނާ ކައިފްއެވެ. ކެޓްރީނާގެ އިތުރުން ފިލްމުގެ ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓްނީ، ޖެކީ ޝްރޮފް، ތައްބޫ، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ހިމެނެ އެވެ.

.

ޓެގު